މަޖިލިސް އިންތިޚާބުގެ ވޯޓުގައި ރައީސް މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ:ޑރ ޖަމީލް

މަޖިލިސް އިންތިޚާބުގެ ވޯޓުގައި ރައީސް މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ:ޑރ ޖަމީލް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ތާއީދު ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށާއި، މަޖިލިސް އިންތިޚާބުގައި ރައީސް ޑރ. މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްރޯލެއް އަދާކުރައްވާ ޑރ. މުހަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސްއަޅައި، ރޫޅާލުމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ ރައީސް މުއިއްޒުގެ ޚުދުމުޚުތާރުކަން ފެންނަން ފަށައިފި ކަމަށާއި، ރައީސް ޔާމީންވެސް އެދިވަޑައިގަންނަވަނީ މަޖިލިސް އިންތިޚާބުގައި ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ކަމަށެވެ.

"ޑރ މުއިއްޒަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުންނަށް ފެނިގެން ދިޔައީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް. ވަރަށް ބޮޑު ބިރެއް. މިރޭ އެ ސާބިތުކޮށްދިނީ ހަމަކަނޑައެޅިގެން މިބޭފުޅާއަކީ ދީން ހަތިޔާރަކަށް ބޭނުން ކުރައްވައިގެން މާސްކެއް އަޅުއްވައިގެން ހުރި ވަރަށް ބޮޑު ޖައްލާދެއް" ޑރ ޖަމީލު ވިދާޅުވިއެވެ.

މި އެއްވުމުގައި އެކިވަރުގެ އަނިޔާތައް އެކިމީހުންނަށް ލިބުމާއި ގުޅިގެން ޕީއެންއެފް އިން ތުހުމަތު ކުރަމުން ދަނީ އެއްވުން ރޫޅާލީ ރައީސް އަޑީގައި ހުންނަވައިގެން ކަމަށެވެ. ނަމަވެސް ރައީސް ވަނީ އެކަން ދޮގު ކުރައްވައި، އެ ޙާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް އަންގަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *