ވާނުވާގެ މައްސަލައަށް ވަަރަށް ރަނގަޅު ދާއިމީ ހަަލެއް ގެނެސް ދޭނަން: ރައީސް

ވާނުވާގެ މައްސަލައަށް ވަަރަށް ރަނގަޅު ދާއިމީ ހަަލެއް ގެނެސް ދޭނަން: ރައީސް

ތަހުގީގަށް ހައްޔަރުކޮށް އެތައް އަހަރެއް ވަންދެން ވާނުވާ ބަންދުގައި މީހުން ބައިތިއްބާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރައީސްއާ ސުވާލު ކުރަމުން، މ.މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ބުނީ،  ވާނުވާގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެ ވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. އަދި އޭނާއަކީ ނުކުޅެދޭ ކުއްޖަކާއެކު ހަތަރު ކުދިން ގޮވައިގެން އުޅެން ޖެހިފައިވާ މީހެއްކަމުން ފިރިމީހާ ނެތުމުގެ ސަބަބުން ވަރަށް ނިކަމެތިވެފައިވާ ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ އޭނާގެ ފިރިމީހާ މައްސަލައެއްގެ ތުހުމަތަށް ގެންދިޔަ ފަހުން މިހާރު ދެއަހަރު ވެއްޖެ ކަމަށެވެ. އެހެން ކަމުން ވާނުވާ ގައިތިބި މީހުން ދޫކޮށްލާނެ ކަމުގެ ވަރަށް ބޮޑު އިންތިޒާރެއްގައި ހުރި ކަމަށްވެސް ބުންޏެވެ.

އެ ސުވާލަށް ޖަވާބު ދެެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވާނުވާ މައްސަަލަ ހައްލު ކުރުމަކީ އެމަނިކުފާނު ވެ ވަޑައިގެންނެވި ވައުދު ތަކުގެ ތެެރޭގައި ހިމެނޭ މުހިއްމު ކަމެއްކަމަށެވެ. އެކަމާބެހޭ ގޮތުން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހު ތަކެއް ގެނައުމުގެ ޤާނޫނީ މަސައްކަތް ތަކެއް ،މިހާރު ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެން ކަމުން ޤާނޫނީ ހައްލެއް ތި މައްސަލައަށް ގެނެވޭނެ ގޮތްތަކަށް މަސައްކަތް ކުރަމުން މި ގެންދަނީ، އަދި ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނަގޅު ކުރުމަށްޓަކައި މަސައްކަތް ތަކެއް އެބަކުރެވޭ، އިރާދަކުރެއްވިއްޔާ ވާނުވާގެ މައްސަލައަށް ވަަރަށް ރަނގަޅު ދާއިމީ ހަަލެއް ގެނެސް ދޭނަން،" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *