ޔާމީން ހުޅުމާލެއަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަނުން ބަލަނީ

ޔާމީން ހުޅުމާލެއަށް ވަޑައިގެންނެވި މައްސަލަ ކަރެކްޝަނުން ބަލަނީ

މިހާރު އަލަށް އުފައްދާ އާ ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންއެފްގެ ބާނީ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގަތްޔޫމް، ހުޅުމާލޭގައި އޮތް ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވެވަޑައިގަތް މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ރައީސް ޔާމީން ވަނީ ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ޕީއެންއެފްގެ ޖަގަހަ ޖަލްސާއަށް ވަޑައިގެން އެހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގެ ވީޑިޔޯތައް ސޯޝަލް މީޑިޔާގައިވެސް ދައުރު ވަމުން ދިޔައެވެ. ލައިވްވެސް ކޮށްފައިވެއެވެ. ރައީސް ޔާމީން މިވަގުތުވެސް ހުންނެވީ ޖަލު ހުކުމުގައެވެ. ނަމަވެސް މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް، އަދި ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައި ނުގެންނެވޭ ގޮތަށެވެ. އެއީ ކުރީގެ ސަރުކާރުން ދީފައިވާ ލުއި ތަކެކެވެ.

ކަރެކްޝަނުގެ އޮފިޝަލަކު މީޑީޔާތަކަށް މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލަ އެތަނުން ދަނީ ބަލަމުންނެވެ. ނަމަވެސް އެކަމާބެހޭ ގޮތުން އިތުރު ވާހަކައެއް ކަރެކްޝަނަކުން ނުބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *