ރައީސް ޑރ. މުއިއްޒަށް މަލީހު- ރައީސް ޔާމީނުގެ ނަން ގަތުންވެސް ދެން މަނާވާނެ

ރައީސް ޑރ. މުއިއްޒަށް މަލީހު- ރައީސް ޔާމީނުގެ ނަން ގަތުންވެސް ދެން މަނާވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު މަޖިލިސް އިންތިޚާބާ ދިމާކޮށް އަނެއްކާވެސް ބޭނުން ކުރައްވާ ކަމަށް ތުހުމަތުކޮށް، ކުރީގެ މިނިސްޓަރ މަލީހު ޖަމާލު، ރައީސް ޑރ މުހަންމަދު މުއިއްޒަށް ރައްދު ދެއްވައިފިއެވެ.

މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރައީސް ޑރ މުއިއްޒު މިހާރު ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވަނީ "ހިންޏަށް ހަކުރު އޮޅުވާލަން" ކަމަށެވެ. އެހެންވެ ރައީސް ޑރ މުއިއްޒަށް މަލީހު ވިދާޅުވީ މިހާރުން ފެށިގެން ޔާމީންގެ ނަންފުޅު ބޭނުން ކުރުންވެސްވެސް ރައީސް މުއިއްޒަށް މަނާވާނެ ކަމަށެވެ.

ޔާމީނަށް އިންސާފު ލިބެންޖެހޭނެ ކަމަށާއި، ޔާމީނަށް އިންސާފު ލިބުމަށް  ހުރަސްއަޅާނެ މީހަކު މި ސަރުކާރުގައި ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާއި ގުޅިގެން މަލީހު ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ ތެރެއަށް ރައީސް މުއިއްޒު "އަތް ބާނުއްވާ" ކަމަށެވެ.

"ރައީސް ޔާމީމްގެ ފޯނު ކޯލެއް ނުނަންގަވާ. ބަންދަށް ލުއިނުދެއްވާ. މައްސަލައަށް އަތް ބާނުއްވާ އިންސާފު ނުދެއްވާ މިނިވަން ނުކޮށް ރައީސް ޔާމީންގެ ނަން ގަތުންވެސް ޑރ. މުއިއްޒަށް މިހިސާބުން ދެން މަނާ. ބޭއިންސާފުގެ އިންތިހާ" މަލީހު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވީ ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށްވެސް އަދި ޔާމީނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުއްވާނެ ކަމަށާއި، ޝަރުޢީ ނިޒާމުގެ ތެރެއިން ޔާމީނަށް އިންސާފު ލިބުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *