އެމްޑީީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާނެކަން ޝާހިދު އިއުލާނު ކުރައްވައިފި

އެމްޑީީޕީގެ ރައީސް ކަމަށް ކުރިމަތި ލައްވާނެކަން ޝާހިދު އިއުލާނު ކުރައްވައިފި

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާނު ކުރައްވައިފިއެވެ.

ޓްވިޓާގައި އެކަން އިއުލާނު ކުރައްވަމުން ޝާހިދު ވިދާޅުވީ ފޯރިއާއި އާ ޖޯޝަކާއެކު، އާބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ގައުމު އަލުން ގެންދިއުމަށްޓަކައި އެންމެން އެކުވެ، އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުންވެސް މިއަދު ފެންނަން އެބައޮތް ކަމަށެވެ. އެއާއެކު ޝާހިދު ވަނީ އެމްޑީީގެ މެމްބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

"ލޮބުވެތި މެމްބަރުންގެ ތާއީދާ އެއްބާރުލުން އަޅުގަނޑަށް ދެއްވުން އެދެމެވެ." ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގައި އެންމެ ފަހުން ރައީސްކަން ކުރެއްވި މުޙަންމަދު ނަޝީދު އެމަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޑިމޮކްރެޓްސްއަށް ބަދަލުވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ހުސްކަމަކަށް ދިޔައެވެ. ނަމަވެސް އެމްޑީީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އަލުން ރައީސަކު އިންތިޚާބު ކުރެވެންދެން ޕާޓީގެ ރައީސްކަން، ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހަށް ދިނުމަށެވެ. އެހެންކަމުން މިވަގުތު އެމްޑީޕީގެ ރައީސަކީ އެމަނިކުފާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *