ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންވާނެ ނިޒާމެއް ހަމަޖެހޭނެ: ރައީސް

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންވާނެ ނިޒާމެއް ހަމަޖެހޭނެ: ރައީސް

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކު ހަމަޖެހޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުން ބޭނުންވާ ސުވާލު ރައީސަށް ކުރެވޭނެ ގޮތަށް ވީޑިޔޯ މެސެޖެއްގެ ގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި  ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކު ހަމަޖެހިގެން ދިޔުމާއި، ވީހާވެސް ގިނައިރު ޑޮކްޓަރުންވެސް ބަލި މީހުން ބެލުމަށް ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ އިންތިޒާމެއްވެސް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑޮކްޓަރުންގެ ތެރެއިން ސްޕެޝަލިސްޓުން އިތުރު ކުރުމަށްވެސް ވަރަށް ބޮޑަށް ސަރުކާރުން ސަމާލުކަން ދެއްވާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމުގައި މިހާރު ކުރިމަތިވާ މައްސަލަތައް ހައްލުކޮށް ދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިތައް ގިނަބަޔަކު ދަނީ އަބަދުވެސް ފާހަގަކޮށް އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *