ރަމަޞާން މަހަށް ނަފްސު ހޭނުމަށް ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުން ގިނަ ކުރުމަށް ގޮވާލައިފި

ރަމަޞާން މަހަށް ނަފްސު ހޭނުމަށް ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުން ގިނަ ކުރުމަށް ގޮވާލައިފި

ރަމަޞާން މަހަކީ ކޮންމެ ދުވަހަކު ރޯދައަށް ހުންނަ މައްސަރަކަށް ވާތީ، ޝަޢުބާން މަހު ސުންނަތް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެއް ކަމެއް ކަމަށާއި، އެހެންކަމުން މިމަހުގައި ސުންނަތް ރޯދަ އިތުރު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ ރަމަޞާން މަހުގެ ކުރިއަށް އަންނަ ޝަޢުބާން މަހުގައި ރަމަޞާން މަހަށް ތައްޔާރު ވުމަށެވެ. ޚުތުބާގައި ބުނީ ޝަޢުބާން މަހަކީ ރަސޫލާ އާއި ސަޙާބީންވެސް ސުންނަތް ރޯދަ ހިއްޕެވުން ގިނަ ކުރެއްވި މައްސަރެއް ކަމަށެވެ.

ރޭދުވާ ތަކުރާރު ވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ މިހާރު ބައްދަލު ކޮށްފައި މިވަނީ ޝަޢުބާން މަސް ކަމަށާއި، ޝަޢުބާން މަހަކީ ރަމަޞާން މަހަށް މަރުޙަބާ ކިޔަމުން އަންނަ މަހެއް ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ. ޝަޢުބާން މަހަށް ހަނދު ފެނުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެރިވާނީ ރޯދައިގެ މަތިވެރިކަމާއި، ރޭއަޅުކަމާއި، ޤުރުއާން ކިޔެވުމާއި، އިޢުތިކާފު ކުރުމާއި، ހެޔޮ ޢަމަލުތައް ކަމަށާއި، ސަބަބަކީ ރަމަޞާން މަހަކީ ސަވާބާއި ދަރުމައިން ފުރިގެންވާ މަހެއް ކަމުގައިވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެއެވެ.

ރޯދައިގެ މަތިވެރިކަމުގެ ސަބަބުން ޝައިތޯނުންގެ ކަސްތޮޅުތަކުން ތިމާ ސަލާމަތްވުމަށާއި، ހަވާ ނަފުސުގެ އެދުންތަކުން ނަޖާވެ، ވަހުމްތަކާއި، ވަސްވާސްތަކާއި، ދުރުހެލިވެ ސީދާވުމަށްވެސް ރަމަޞާން މަހަކީ އަގުހުރި ފުރުޞަތެއްކަން ޚިތުބާގައި ފާހަގަ ކޮށްފައިވެއެވެ. ޚިތުބާގައި ވަނީ ރަމަޞާން މަހުގެ ކުރިއަށް އަންނަ ޝަޢުބާން މަހުގައި ޢަމަލުތައް ބަހައްޓަންވީ ގޮތާއި، ރަމަޞާން މަހުގެ މާތްކަމަށް ވަރަށް ރަނގަޅަށް އަލި އަޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *