ޗައިނާ އެމްބަސީ އިން މާފުށީ ސްކޫލަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާ ކޮށްފި

ޗައިނާ އެމްބަސީ އިން މާފުށީ ސްކޫލަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާ ކޮށްފި

ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށީ ސްކޫލަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ހަދިޔާ ކޮށްފިއެވެ.

ޗައިނާ އެމްބަސީގެ ފަރާތުން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުމާގުޅޭ ބައެއް ސާމާނާއި ކުޅިވަރާބެހޭ ބައެއް ސަމާނާއި އަދި ކޮންޕިއުޓަރެވެ.ި ޗައިނާގެ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. ރަސްމިއްޔާތު އޮތީ މާފުށީގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މީގެތެރޭގައި ހިމެނޭ ކުޅިވަރާގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް އައުމަށް މަގުފަހި ވެގެންދާނެކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކަމަނާ ވަނީ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަ ކުރައްވައި، ދިވެހި ރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅަ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *