މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ބޭފުޅުން މައުލޫމާތު ދެއްވަނީ

ފްލެޓް މައްސަލަ- 15 އަހަރު މާލޭގައި އުޅުނުކަމަށް ބުނެ ކައުންސިލުތަކާއި ކުންފުނި ތަކުން ދޮގު މައުލޫމާތު ދީފައި އޮތްނަމަ ބަލާނަން: އޭސީސީ

ފްލެޓް މައްސަލަ- 15 އަހަރު މާލޭގައި އުޅުނުކަމަށް ބުނެ ކައުންސިލުތަކާއި ކުންފުނި ތަކުން ދޮގު މައުލޫމާތު ދީފައި އޮތްނަމަ ބަލާނަން: އޭސީސީ

"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފުލެޓު ލިބުނު މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިނުވާ މީހުންނަށްވެސް، މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ ކަމަށްބުނެ، ރަށްރަށުގެ ކައުންސިލް ތަކުންނާއި ކުންފުނި ތަކުން ލިޔުން ދޫކޮށްފައިވާނަމަ، އެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް މިހެން ވިދާޅުވީ، ފްލެޓްތަކުގެ ތަހުގީގުތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ޔައުޤޫބު ސުވާލު ކުރެއްވީ، ފްލެޓް ލިބުނު މީހާ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެއްޖެ ކަމަށް ކައުންސިލް ތަކުން ލިއުުން ދީފައިވާއިރު، އެ ލިއުންތަކުގެ ތެރޭގައި ޙަގީތަކާ ޚިލާފު ލިއުންތަކެއް ހުރިތޯއެވެ. އަދި އެފަދަ ކައުންސިލް ތަކުން ލިއުންދިން ފަރާތްތަކަށް ކޮމިޝަނުން ފިޔަވަޅު އަޅުއްވާނަންތޯވެސް ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ، ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށެވެ.

"މިސާލަކަށް ކައުންސިލް ތަކުގައި އަޅުގަނޑުމެންގެ މެއިންޑޭޓްގައި ހިމެނޭ ކުށެއް ނުވަތަ މީހަކަށް ފައިދާއެއް ހޯދައިދޭން، ނާޖާއިޒް ފައިދާއެއް ހޯދައިދޭން، ނުވަތަ އެނޫން ރިޝްވަތެއް ހުށަހަޅައިގެން ވަކި މައުލޫމާތެއް ވަކި ގޮތަކަށް ދިނުން، އަޅުގަނޑުމެންގެ މެއިންޑޭޓަށް ފެތޭ ކަމެއްކަމަށް ވެއްޖެނަމަ، އެ ކައުންސިލް ތަކުގެ މައްސަލަ އަޅުގަނޑުމެން ވަކި މައްސަލައެއްގެ ގޮތުގައި ބަލާނަން،" އޭނާ ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ ދޮގު މައުލޫމާތަކަށް ވެފައި އެއީ އެ ކޮމިޝަންގެ މެއިންޑޭޓްގައި ނުހިމެނޭ ކަމެއް ނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މާލޭގައި އުޅޭކަމަށް ކުންފުނި ތަކުންނާއި ކައުންސިލް ތަކުންނާއި އެހެން ގޮތްގޮތުން މީހުންނަށް ދޫކޮށްފައިވާ ލިއުންތައް އެއްކޮށް، ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ފްލެޓަށް ހުޅުވައިލި ފުރުސަތުގައި 15 އަހަރު މާލޭގައި އުޅުނުކަމަށް ޝަރުތުކޮށް އެކަމާބެހޭ ލިއުން ހުށަހަޅަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *