ސިވިލް ސާރވިސް ކޮމިޝަނުގެ ބަޔެއް މެމްބަރުންނާއި ކޮމިޝަނުގައި މަސައްކަތް ކުރައްވާ ސީނިއަރ ބޭފުޅުން

ސީއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށް 3 ބޭފުޅެއްގެ ނަން ރައީސް ފޮނުއްވައިފި

ސީއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށް 3 ބޭފުޅެއްގެ ނަން ރައީސް ފޮނުއްވައިފި

ސިވިލް ސާވިސް ކޮމިޝަނުގެ މެންބެރެއްގެ މަގާމު ހުސްވުމާއި ގުޅިގެން، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ތިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރއިްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލެއްވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެނަން މަޖިލީހަށް ފޮނުއްވާ ކަމަށެވެ.

އެ ތިން ބެފުޅުންގެ ތެރޭގައި ހިމެނެނީ، އަބްދުލް ހަސީބު އިސްމާއީލް ދަފްތަރު 7505 އާއި ފާތުމަތު ހަބީބާ ދަފްތަރު 9472 ގެ އިތުރުން  މަރިޔަމް ޝާހިދާ މއ. ފޮރެސްޓްއެވެ. ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

5 މެމްބަރުން ތިބޭ އެ ކޮމިޝަންގައި އާމިރާގެ ދައުރު ހަމަވުމުން މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، ދެ މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *