ލޭބަރުން ގެންނަން ހުއްދަ ދިނުމުގައި ޤާނޫނާ ޚިލާފު ވެފައިވާ ކަމަށްބުނެ މަޖިލީހަށް ހުށަހަޅައިފި

ލޭބަރުން ގެންނަން ހުއްދަ ދިނުމުގައި ޤާނޫނާ ޚިލާފު ވެފައިވާ ކަމަށްބުނެ މަޖިލީހަށް ހުށަހަޅައިފި

ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ރާއްޖެ ގެންނަން ހުޅުވާލުމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިޙުސާން ޤާނޫނު އަސާސީ އާއި ޤާނޫނާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ކޮށްފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ހުސައިންއެވެ.

ހިސާން ވިދާޅުވީ، އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 ކަމަށް ޤާނޫނުގައި ކަނޑަައަޅާފައިވާއިރު، ރާއްޖޭގައި މިވަގުތުވެސް 139،220 ބަންގްލަދޭޝް ލޭބަރުން ތިބި ކަމަށް ފޮރިން ލޭބާރ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުން ދައްކާ ކަމަށެވެ.

އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނާ ހިލާފަށް ރާއްޖެއަށް އަންސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ގެނެވޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރ ޑިސެމްބަރު 17، 2023 ގަ އިޢުލާން ކޮށްފައިވަނީ ޤާނޫނާ ޚިެލާފަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހިސާން ވިދާޅުވީ، އެކަމަކީ ޤާނޫނާ ޚިލާފަށް ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް އާންމުން ތުހުމަތުކުރަން ފެށުމުން، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ޓުވިޓާރއިން ފޮރިން ލޭބާރ ރިޕޯޓް ފޮހެލާފައިވާ ކަމަށާއި، އެކަމަކީ އިކޮނޮމިކް މިނިސްޓަރުގެ ނުނިޔަތެއް އޮވެގެން ޤާނޫނާ ޚިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގައި ބުނާ ގޮތުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު އެ ޤާނޫނުގެ ދަށުން ހަދާ ޤަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާގުޅޭ މިނިސްޓްރީއަށް ލިބިގެންވެއެވެ.

ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމާއި ހުއްދަ ދިނުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ރާވައި ހިންގުމަކީ ހޯމް ލޭންޑް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. ނަމަވެސް ވަޒީފާއާބެހޭ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ހަދަން ޖެހޭ ޤަވައިދުތައް ހެދުން ހިމެނެނީ ހަޔާ އެޑިއުކޭޝަން ލޭބާރ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގައެވެ.

އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާހާ ހިނދަކު، އެ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާ ނުކުރެވޭނެ ކަމަށާއި ވަޒީފާއާބެހޭ ކަންތައްތައް އެވަގުތެއްގައި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މިނިސްޓަރަށް ޤާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީ އަކަށް ރައީސްއަށް ހަވާލު ނުކުރެވޭނެ ކަމަށްވެސް ޙިސާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *