މިއަދަކީ ސިޔާސީ ހަރަކާތުގައި އާ އިސްނެގުމެއް އެމްޑީޕީ ނެގި ދުވަހެއް: ޝާހިދު

މިއަދަކީ ސިޔާސީ ހަރަކާތުގައި އާ އިސްނެގުމެއް އެމްޑީޕީ ނެގި ދުވަހެއް: ޝާހިދު

މިއަދަކީ ރާއްޖޭގެ ސިޔާސީ ހަރަކާތުގައި މުޅިން އާ އިސްނެގުމެއް އެމްޑީޕީ ނެގި ދުވަހެއް ކަމުގައި، ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއާއި ގުޅިގެން ހުރިހާ ކެންޑިޑޭޓުންނަށް ހެޔޮއެދުން ފޮނުއްވައި، ޓްވިޓަރގައި ޝާހިދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ‏އެމްޑީޕީއަކީ ސުލްޙަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތަޢާރަފުކުރި ފަޚުރުވެރި ޕާރޓީ ކަމަށެވެ.

އަދި މިއީ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ އެމްޑީޕީގެ މެންބަރުން ވޯޓުލާގޮތަށް، ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަޖިލީސް ޕްރައިމަރީ ކުރިއަށްދާ ދުވަސްކަންވެސް ޝާހިދުގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"‏ޕްރައިމަރީގައި ބައިވެރިވެވަޑައިގެންނެވި އެންމެ ބޭފުޅުންނަށް ހެޔޮއެދުން ފޮނުވަން" ޝާހިދު ވިދާޅުވިއެވެ.

އަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި 40 ދާއިރާއެއްގެ ވޯޓުލުން ކުރިއަށް އެބަދެއެވެ. ޕްރައިމަރީއަކާ ނުލައިވެސް 49 ދާއިރާއެއްގެ ޓިކެޓް ބަޔެއް ބޭފުޅުން ވަނީ ކަށަވަރު ކުރައްވާފައެވެ. އެއީ އިތުރު ކެންޑިޑޭޓަކު އެ ދާއިރާތަކުގެ ޕްރައިމަރީގައި ބައިވެރިނުވާތީއެވެ.

އެމްޑީޕީ އިން ބުނެފައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށްވެސް އެ ޕާޓީގެ ކެންޑިޑޭޓަކު ނެރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *