އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުން: ދިވެހި ވަފުދު އިންޑިޔާއަށް ފުރައިފި

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުން: ދިވެހި ވަފުދު އިންޑިޔާއަށް ފުރައިފި

ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖެއިން ބޭލުމުގައި ދެގައުމުން ފަށާފައިވާ މަޝްވަރާ ތަކުގެ ދެވަނަ ބައްދަލުވުން އިންޑިޔާގައި ބޭއްވުމަށްޓަކައި، ދިވެހި ވަފުދެއް އިންޑިޔާއަށް ފުރައިފިއެވެ.

ދެގައުމުގެ މެދުގައި މަޝްވަރާގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ހުސްވި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައެވެ. އެ ބައްދަލުވުމުގައި ނިންމީ ދެވަނަ ބައްދަލުވުން އިންޑިޔާގައި ބާއްވާށެވެ. ދިވެހި ވަފްދެއް އިންޑިޔާއަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް، އިންޑިޔާއަށް ދިޔަ ރާއްޖޭގެ ވަފުދުގައި ހިމެނޭ ބޭފުޅުން ކަށަވަރު ވެފައިނުވެއެވެ. ނަމަވެސް ރާއްޖޭގައި އޮތް ބައްދަލުވުމުގައި ހިމެނުނު ބޭފުޅުން ފޮރިން މިނިސްޓްރީން އޭރު ހާމަކުރިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ މުހަންމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ. ސަރުކާރުން ބުނީ މާރޗް 15 ގެ ކުރިން ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް އިންޑިޔާ ސަރުކާރުގެ ކިބައިން ރައީސް ޑރ މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *