ތެލަސީމިއާ ކުދިންގެ ހޮސްޕިޓަލް އަޅަން އުރީދޫއިން ސަތޭކަ މިލިޔަން ރުފިޔާ ދޭން ނިންމައިފި

ތެލަސީމިއާ ކުދިންގެ ހޮސްޕިޓަލް އަޅަން އުރީދޫއިން ސަތޭކަ މިލިޔަން ރުފިޔާ ދޭން ނިންމައިފި

 

ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް އަޅާ ޚާއްސަ ހޮސްޕިޓަލް އެޅުމަށް އުރީދޫ އިން 100 މިލިއަން ރުފިޔާ ދޭން ނިންމައިފިއެވެ. އުރީދޫގެ މި ނިންމުމާއެކު އުރީދޫ އިން ދައުލަތަށް ދައްކަންޖެހޭ ފީވެސް ސަރުކާރުން ވަނީ ކުޑަކޮށްދޭ ގޮތަށް ނިންމާފައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މިވަގުތު އުރީދޫއަށް ހުއްދަ ދީފައިވަނީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ 5 ޕަސެންޓް އަދި އައިސީޓީ ދާއިރާ ކުރިއަރުވަން އިތުރު 1 ޕަސެންޓާއެކު، ޖުމްލަ 6 ޕަސެންޓް ދައުލަތަށް ދައްކާ ގޮތަށް ކަމަށެވެ. ނަމަވެސް އުރީދޫ އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާއެކު މިހާރު ދައްކަމުންދާ 6 ޕަސެންޓް، 5 ޕަސެންޓަށް ކުޑަކޮށް، އެޑްވާންސް ޓެކްސް ލައިންގެ ގޮތުގައި ސަރުކާރަށް ދައްކާފައިވާ 100 މިލިއަން ރުފިޔާގެ ބަދަލުގައި 200 މިލިއަން ރުފިޔާއަށް އިތުރުކޮށް، އެ އަދަދު އެއްފަހަރާ ސަރުކާރަށް ދައްކާގޮތަށް މިހާރު ވަނީ ނިންމާފައެވެ.

އޭގެބަދަލެއްގެ ގޮތުން، ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކޮށްދޭން އުރީދޫން ދޭން ޖެހޭނީ 100 މިލިއަން ރުފިޔާއެވެ. މި ބަދަލާއެކު އުރީދޫ އިންވެސް ދެން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކާނީ ދިރާގުންވެސް ދައްކަމުންދާ މިންވަރު ކަމުގައިވާ 5 ޕަސެންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *