އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުން- މިތިބީ ވަކިގޮތެއް އަންގަންދެން: ކަނޑުގެ ސިފައިންގެ ވެރިޔާ

އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުން- މިތިބީ ވަކިގޮތެއް އަންގަންދެން: ކަނޑުގެ ސިފައިންގެ ވެރިޔާ

ލިޔުނީ: ހަސަން މުހަންމަދު

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ފޭބުމުގައި އިންޑިޔާގެ މައި ސަރުކާރުން އަދި ވަކިއެއްޗެއް އަންގާފައި ނެތް ކަމަށާއި، ސިފައިން ތިބީ ވަކިއެއްޗެއް އަންގަންދެން ކަމުގައި އިންޑިޔާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް އާރް. ހަރީ ކުމާރް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ ސާފު އަދަދެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައި ނެތް ނަމަވެސް، އެންމެ ފަހުން ސަރުކާރުން ހާމަކުރި އަދަދަކީ 89 ސިފައިން ކަމަށެވެ. އެ އަދަދަކީ ރާއްޖޭގައި ހުންނަ ސިފައިންގެ ހޮސްޕިޓަލު ކަމަށްވާ ސެނަހިޔާ ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ އިންޑިޔާ ސިފައިންނާއި ޑޯނިއާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ތިބޭ އިންޑިޔާ ސިފައިންނެވެ.

ކަނޑުގެ ސިފައިންގެ ވެރިޔާ ކުމާރު ވިދާޅުވީ އިންޑިޔާގެ މައި ސަރުކާރުން އަދި ކަނޑުގެ ސިފައިންނާ އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނެތް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ދެގައުމުގެ މެދުގައި ދަނީ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުން ތަކެއް ބާއްވާއި މަޝްވަރާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *