ޒަކާތު ހައުސް އިފްތިތާހު ކޮށްފި

ޒަކާތު ހައުސް އިފްތިތާހު ކޮށްފި

ޒަކާތުގެ ކަންކަން މިހާރަށްވުރެ ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ޒަކާތު ހައުސް އިފްތިތާހު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ ދަށުން އިފްތިތާހު ކުރި ހައުސް އެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. މި ޙަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ޙަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. ވަޒީރު ޑރ. ޝަހީމް ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *