މިއަހަރުގެ މިހާތަނަށް 6 ލައްކަ ފަަތުރުވެރިން ރާއްޖެއަށް

މިއަހަރުގެ މިހާތަނަށް 6 ލައްކަ ފަަތުރުވެރިން ރާއްޖެއަށް

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ މިއަހަރުގެ މިހާތަނަށް 6 ލައްކައާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް 592،605 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 493،878 ފަތުރުވެރިންނެވެ. މިހަރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 5810 ފަތުރުވެރިން ރާއްޖެއަށް އަންނަކަމަށް ޓުއަރިޒަމް މިނިސްތްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފާއިތުރުވި 4 މަސްދުވަހު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރަށް ބަލާއިރު، ޖެނުއަރީމަހު ވަނީ 172،499 ފަތުރުވެރިން އައިސްފައެވެ. އަދި ފެބުރުއަރީމަހު 177،915 ފަތުރުވެރިން އައިސްފައިވާއިރު، މާރޗްމަހު 173،514 ފަތުރުވެރިން އައިސްފައިވެއެވެ. އޭޕްރީލް މަހު 12ވަނަ ދުވަހާ ހަމައަށް އައިސްފައިވަނީ 68،677 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ޖުމުލަ 71،989 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެޤައުމުން 62،415 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނާގައި 58،584 ފަތުރުވެރިނާއެކު އިނގިރޭސިވިލާތް އޮތްއިރު، 50،576 ފަތުރުވެރިންނާއެކު ހަތަރުވަނާއި އޮތީ އިޓަލީއެވެ. ޖަރުމަނުވިލާތް އޮތީ ފަސްވަނާގައެވެ. އެއީ 44،797 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *