މިހާރު ދެބައިވެފައިވާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަން "ފިކުރެއްގެ ދިރުން" އަކީ ނުރައްކާތެރި ކެންސަރު ބަލީގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އަނެއްކާވެސް ފިކުރެއްގެ ދިރުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ފިކުރެއްގެ ދިރުމަކީ ފަރުވާއެއް ނެތް ނުރައްކާތެރި ކެންސަރެއް ކަމަށެވެ. ނަޝީދު މިހާރު ކުރައްވަމުންދާކަމަކީ ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީގެ ބަދަލު ހިއްޕަވައި އެމްޑީޕީއަށް ގެއްލުން ދިނުމުގެ މަސައްކަތެއްކަމަށް މަވޯޓާ ވިދާޅުވިއެވެ. ނަޝީދަކީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭކަމަށް އަމިއްލަފުޅަށް ދަޢުވާކުރައްވާ ބޭފުޅެއްކަމަށް އިޝާރާތްކުރައްވައި މަވޯޓާ ވިދާޅުވެފައިވަނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް މީހަކު މިގޮތަށް ޢަމަލަުކުރާތަން ދުނިޔޭގެ އެއްވެސް ތަނަކުން ނުފެންނާނެކަމަށެވެ. އަދި އަމިއްލަ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މިހެން މަސައްކަތް ކުރާ މަންޒަރު ފެންނަނީ ދުނިޔޭގެ ކޮން ޤައުމަކުންތޯ މަވޯޓާ ސުވާލުކުރެއްވިއެވެ.
FIkureggeDhirun is a terminal cancer @MDPSecretariat is suffering from. Nowhere in d world a faction works to destroy the party it is purported to belong. FIkureggeDhirun is now working to destroy MDP as it aims to take revenge on the party for @MohamedNasheed loss in the primary
— Ibrahim Shareef (@AdduShareef) March 25, 2023
ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަޤީޤީ މަޤުސަދަކީ އެމްޑީޕީ ވުޖޫދުން ފުހެލުންކަމަށާ، އެހެންކަމުން އެއީ އެމްޑީޕީއަށް ޖެހިފައި އޮތް ފަރުވާއެއް ނެތް ކެންސަރެއް ކަމަށް މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ ޝަރީފަކީ ނަޝީދުގެ ފިކުރެއްގ ދިރުމަށް އެންމެބޮޑަށް ފާޑުވިޑަޅުވާ އެއް މެމްބަރެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާޢީދު ނުކުރައްވާނެކަން ހާމަކުރައްވައި ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުންނަނީ ރައީސް ޞާލިޙާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއައެކު މަސައްކަތްކުރަން އެފެކްޝަނުންވަނީ މިހާރު ފަށާފައެވެ.