ދުނިޔޭގެ ދަތުރުކުރަން އެންމެ ފަސޭހަ ޤައުމަކީ ރާއްޖެކަމަށް ހޮވިއްޖެއެވެ.
ދަތުރުކުރަން އެންމެ ފަސޭހަ ޤައުމުތައް ހޮވުމަށް ސީއެންއެންއިން ކުރި ދިރާސާއެއްގައި ރާއްޖެވަނީ އެންމެ ކުރި ހޯދާފައެވެ. ސީއެންއެންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖެއެވެ. ދުނިޔޭގެ ދަތުރުކުރުމަށް އެންމެ ފަސޭހަ ޤައުމުތައް ނުވަތަ ”ދި ވޯލްޑްސް މޮސްޓް ވެލްކަމިންގ ކަންޓްރީސް އޮފް 2022″ ގައި ޤައުމުތައް ހިމަނަނީ އެ ޤައުމަކަށް އެތެރެވުމަށް ވީޒާ ފްރީ ޤައުމުތައ އިތުރު މިންވަރާއި، އޮންއެރައިވަލްއާއި ވީޒާގައި ދަތުރުކުރާ މީހުންނާއި އެޤައުމަކަށްދާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައްފަދަ ކަންކަމަށް ބަލައިގެންނެވެ.
ސީއެންއެންއިން ހޮވާފައިވާ ދުނިޔޭގެ ދަތުރުކުރަން އެންމެ ފަސޭހަ ޤައުމުތަކުގެ ލިސްޓުގެ އެއްވަނާގައި ރާއްޖެއާއެކު އިތުރު 24 ޤައުމެއް ހިމާނާފައިވެއެވެ.