އެއްމެފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީން ދައްކާދިނީ ޕާޓީއަކީ މީހަކުވަށައގެން އެނބުރޭ އެއްޗެއްނޫންކަން ކަމަށާ، އެމްޑީޕީގެ ޙަޔާތުގައި ފާއިތުވި 17 އަހަރަށްފަހު އަމިއްލަފައމައްޗަށް ޕާޓީނަގާދިނީ ޕާޓީ އުފެއްދުމަށް އެއްމެއިސްކޮށްއުޅުނު ޕާޓީ ގެ ޢާއްމުމެމްބަރުންކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއވެ.
ކުރިން އެމްޑީޕީގެ އިސްދައުރެއް އަދާކުރެއްވި އަދި ފަހުން ފާޓީން ވަކިކުރުމުން ދުވަސްތަކަށްފަހު އަލުން އެޕާޓީއާ ގުޅުނު، މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އެ މެމްބަރުންނަށް ގޮންޖަހާފައި މިއަދު ޕާޓީ ބައިކުރަންޖާގައެއް ނުދެއްވާނެކަމަށެވެ. ރައީސް ނަޝީދާ ނަޝީދަށް ތާޢީދުކުރާ މެމްބަރުންނާ ޚިޠާލު ތަފާތު މޫސަ، ފަހުން އެމްޑީޕީއާ ގުޅުނުފަހުން ނަޝީދުގެ ފެކްޝަނަށް އަމާޒުކޮށް އަންނަނީ ބަހުގެ ޙަމަލާތައް ދެމުންނެވެ. އަދި ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙުގެ ޙިމާޔަތުގައި ގިނަ ވާހަތައް ދައްކަވައެވެ.
އެއްމެފަހުގެ ކޮންގްރެސްގަ MDP ދައްކާދިނީ ޕާޓީއަކީ މީހަކުވަށައގެން އެނބުރޭ އެއްޗެއްނޫންކަން 17 އަހަރަށްފަހު އަމިއްލަފައމައްޗަށް ޕާޓީނަގާދިނީ ޕާޓީ އުފެއްދުމަށްއެއްމެއިސްކޮށްއުޅުނު ޕާޓީ ގެ ޢާއްމުމެމްބަރުން ، އެ މެމްބަރުންނަށް ގޮންޖަހާފަ ޕާޓީ ބައިކުރަންޖާގައެއްނުދޭނަން
— Moosa Maniku (Reeko) (@ReekoMoosa) December 2, 2022
މޫސަ ވިދާޅުވީ އެމްޑީޕީ އުފައްދަން އުފުލި ބުރަޔާއި ކުރިމަތިލާންޖެހުނު އުނދަގޫ އިޙްސާސްކުރާން އެނގޭނީ އެޕާޓީ އުފެއްދުމުގައި މަގުމަތީގަޔާއި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރިބަޔަކަށްކަމަށެވެ. އޭރުވެސް ޕާޓީއަށް ހެޔޮއެދިގެން މިމަސައްކަތުގައި ތިބިމީހުން އެޖޯޝުގައި އަދިވެސް އެބަތިބިކަމަށް މޫސަ ވިދާޅުވިއެވެ.
އަދި އެމްޑީޕީއަށް 17އަަރުވީއިރު ވެރިކަންފިޔަވާ އެހެންއަމާޒެއް ނެތްމީހަކަށް އެހަޤީގަތް ނުވިސްނޭނެކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ އެއިޝާރާތްކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށްކަމަށް ބެލެވެއެވެ.
ރައީސް ޞާލިޙާ ޚިޔާލު ތަފާތުވެ، ނަޝީދު ވަނީ އެމަނިކުފާނަށް ދެވެނަ ދައުރެއް ދިނުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އަދި އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޢިއުލާންކުރައްވައި، މާދަމާ ޕްރައިމަރީ ކެމްޕެއިން ފައްޓަވާނެކަން ނަޝިދުވަނީ ހާމަކުރައްވާފައެވެ. ގދ.ތިނަދޫގައި ކުރިއަށްގެންދަން ރާވާފައިވާ ނަޝީދުގެ ކެމްޕެއިން ފެށުން ކުލަގަދަކޮށް ފާހަގަކުރަން އެރަށުގެ އެމްޑީޕީގެ މެމްބަރުން އަންނަނީ ތައްޔާރުވަމުންނެވެ.