ބޮލީވުޑްގެ ފިލްމުތަކުގެ ޓިކެޓް އަގުހެޔޮކޮށް އިންޑަސްޓްރީގެ އޮނިގަނޑަަށާއި ހިންގާ ގޮތަށް ވަރަށް ބޮޑު ބަދަލު ގެންނަން ޖެހޭކަމަށް ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ބުނެފިއެވެ.
ހިންދުސްތާން ލީޑާޝިޕް ސަމިޓްގައި ބައިވެރިވެ ވާހަކަ ދައްކަމުން އަކްޝޭ ބުނީ މިހާރު އިންޑަސްޓްރީ ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެކަމުން އަރައިގަތުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލް ކުރާ ކަމަށެވެ.
އެގޮތުން އޭނާ ފިލްމު ކުޅެދޭ އަގު ކުޑަކުރަން ބޭނުން ވާކަމަށާއި އަދި ހަމައެއާއެކުގައި ފިލްމު ތަކުގެ ޓިކެޓް ވިއްކާ އަގުވެސް ކުޑަކުރަންޖެހޭ ކަމަށް ގަބޫލު ކުރެވޭކަމަށް އަކްޝޭ ވަނީ ބުނެފައިއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކުގައި ބޮލީވުޑްގެ ސިނަމާތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވި ނަމަވެސް ބޮޑެތި ތަރިންގެ ގިނަ ފިލްމުތައް މިހާތަނަށް ވީ ފްލޮޕެވެ. އެގޮތުން ބޮލީވުޑްގެ ޕާފެކްޝަނިޝްޓްގެ ގޮތުގައި މަޝްހޫރު އާމިރު ޚާންގެ "ލާލްސިންގ ޗައްޑާ" ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން މިއަހަރު ރިލީޒްކުރ އަކްޝޭގެ 5 ފިލްމްވެސް ވަނީ ފްލޮޕް ވެފައިއެވެ. ފިލްމް ބަލަން ވަންނާނެ މީހަކު ނުވިތާގައި އޭނާގެ ވަރަށް މުހިންމު ފިލްމްއެއް ވެސް މިހާރު ވަނީ އޭނާ އަތުން ގެއްލިފައިއެވެ. އެއީ އަކްޝޭގެ ފްރެންޗައިޒް ފިލްމު " ހޭރާ ޕޭރީ" އެވެ. މި ފިލްމް އިން އަކްޝޭ ބޭރުކުރާ ކަމުގެ އަޑުތަށ ްމިހާރު ވަނީ ވަރަށް ގަދަވެފައިއެވ.