ފޯޅަވަހި ވިއްކާލީ 500 މިލިޔަން ޑޮލަރަށް: މުސްތަފާ

ފޯޅަވަހި ވިއްކާލީ 500 މިލިޔަން ޑޮލަރަށް: މުސްތަފާ

ރާއްޖެއިން ޗާގޯސް ވިއްކާލީ 500 މިލިއަން ޑޮލަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ތުހުމަތު ކުރައްވައިފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިކަމުގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ނުވާކަމަށެވެ. ސަރުކާރުން ގަބޫލު ކުރާގޮތުގައި ރާއްޖޭން ކުޑަ މިންވަރެއްވެސް މޮރިޝަސްއަށް ދިނުމަކީ ސަރުކާރުން ތާއީދު ކުރާނެ ކަމެއް ނޫންކަމަށެވެ.

މިމައސަލާގައި މުސްތަފާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފޯޅަވަހި ވިއްކާލީ 500 މިލިޔަން ޑޮލަރަށް ކަމުގައެވެ. އަދި މިކަން ފަޅާއެރުމުން ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން މެދުވެރިކޮށް މިކަމުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފެތުރުމަށް ސަރުކާރުން އާދޭސް ކުރަމުންދާކަމަށެވެ.

ފޯޅަވަހި ވިއްކާލީ 500 މިލިއަން ޑޮލަރުގެ ގައުމަށް ގައްދާރުވި މައްސަލަ ފަޅާއެރުމުން ފޯޅަ ވައްސަކީ ދިވެހިންނާ އެއްވެސް ގުޅުމެއް ނެތްތަނެއްކަމަށް ދޭހަވާ ގޮތަށް ލިޔެ އޮޅުވާލުމަށް ތާރީ ދިރާސާ ކުރާ ކުރާ ފަރާތްތަކަށް ސަރުކާރުން ގުޅާ އާދޭސްކުރި.

– މުސްތަފާ ވިދާޅުވިއެވެ.

މޮރިޝަސްގެ ސަރަހައްދެއްކަމަށް އެގައުމުން ދައުވާކުރަމުންދާ ޗާގޮސްގެ މުސްތަގުބަލް ކަނޑައެޅުމުގެ ގޮތުން އިނގިރޭސިވިލާތުން މޮރިޝަސްއާއި މަޝްވަރާ ކުރުމަށް ނިންމާފައިވާކަން އެގައުމުގެ ފޮރިން ސެކެޓްރީ ޖޭމްސް ކްލެވާރލީ ވަނީ ވިދާޅުވެފައެވެ. އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ބޭނުންވަނީ "ޗާގޮސް އާކިޕެލާގޯއާއި ގުޅޭގޮތުން ހައްލު ނުވެހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް ނިންމަން" ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެ އަތޮޅުގެ މުސްތަގްބަލާއި ގުޅޭގޮތުން މޮރިޝަސްއާއި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، އެ އަތޮޅުގެ ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގާ އަސްކަރީ ބޭސް ދެގައުމަށް ބޭނުން ކުރެވޭނެ އުސޫލުގެމަތިން ކަމުގައެވެ.

ޗާގޮސްގައި ދިރިއުޅެމުންދިޔަ 1،000 އަށްވުރެ ގިނަ ރައްޔިތުން 1960ގެ އަހަރުތަކާއި އަދި 1970ގެ އަހަރުތަކުގައި އެތަން ދޫކޮށް ދިއުމަށް މަޖުބޫރުކޮށް އެމީހުން އެ އަތޮޅުން ޑީޕޯޓު ކުރުމަށްފަހު، އެމީހުން މިހާތަނަށްވެސް އެއަތޮޅަށް އެނބުރި ދިއުމަށް ވަނީ ޑިމާންޑް ކުރަމުން އައިސްފައެވެ. ޗާގޮސް އާކިޕެލަގޯގައި ހިމެނޭ 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. 1966 ގައި އެ ރަށުގައި އަސްކަރީ ބޭސްއެއް ގާއިމްކުރުމަށްފަހު އެ ރަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުންވަން އެރަށުން ފޮނުވާލެވިފައެވެ.

1968ގައި މޮރިޝަސްއަށް އިނގިރޭސިންގެ އިސްތިއުމާރުން މިނިވަންކަން ލިބުމަށްފަހުވެސް އެގައުމުން ގެންދަނީ ޗާގޮސް އާކިޕެލަގޯއަކީ އެގައުމުގެ ސަރަހައްދެއްކަމުގައި ދައުވާ ކުރަމުންނެވެ. އަދި އެ އަތޮޅުގައި ދިރިއުޅެމުންދިޔަ ރައްޔިތުން އައިސްފައިވަނީ އެ އަތޮޅަށް އެނބުރި ދިއުމަށްޓަކާ އިގިރޭސި ކޯޓުތަކުގައި ދައުވާ ކުރަމުންނެވެ.

ޗާގޮސްގެ މައްސަލާގައި އިނގިރޭސިވިލާތުން ދަމަހައްޓަމުން އައި ސިޔާސަތު ބަދަލު ކޮށްފައިވަނީ، ދާދިފަހުން އިސްތިއުފާ ދެއްވި އިނގިރޭސި ބޮޑުވަޒީރު ލިޒް ޓްރަސް އޭނާގެ ބޮޑުވަޒީރުކަމުގެ ކުރު މުއްދަތުގައި، ޔޫއެން ޖެނެރަލް އެސެމްބްލީގައި، މޮރިޝަސްގެ ލީޑަރު ޕްރަވިންދު ޖަގިނޯތުއާއެކު މިމައްސަލާގައި މަޝްވަރާތައް ބާއްވާފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *