ޝިމާޒް ވަކިކުރަން އެދި ރައީސަށް ވަނީ ސިޓީއެއް ލިބިފައި: ތަރުޖަމާނު

ޝިމާޒް ވަކިކުރަން އެދި ރައީސަށް ވަނީ ސިޓީއެއް ލިބިފައި: ތަރުޖަމާނު

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ލިބިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ޝިމާޒް މަޤާމުން ވަކުކުރުމަށް އެދި ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތެއްތޯ ސުވާލުކޮށްފައެވެ. އަދި އެސިޓީގައި ވަނީ ކޮން ވާހަކަތަކެއްތޯވެސް ސުވާލުކުރިއެވެ.

މިއުވާން ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިވާކަމަށާ، އެއާ ގުޅިގެން ރައީސް އޮފީހުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ.

ޝިމާޒަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި އައްޔަންކޮށްފައިވާ ބޭފުޅެކެވެ. މީގެކުރިންވެސް ޝިމާޒާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންނަމަވެސް އޭރު މިނިސްޓަރ ނަހުލާ ނުކުންނެވީ ޝިމާޒުގެ ދިފާޢުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *