ނަސްރުގެ ދުވަސް ފާހަގަކުރަން ރައީސް މައުމޫނުގެ ޕާޓީން ޖަލްސާއެއް!

ނަސްރުގެ ދުވަސް ފާހަގަކުރަން ރައީސް މައުމޫނުގެ ޕާޓީން ޖަލްސާއެއް!

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކރުމަށް ރައީސް މައުމޫނުގެ ޕާޓީ އެމްއާރުއެމްއިން ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމަވައިފިއެވެ. މިޖަލްސާ އޮންނާނީ މާދާމާރޭ 8:45ގައި ޝީ ބިލްޑިންގ ހޯލުގައިކަމަށް އެމްއާރު އެމްއިން މައުލޫމާތުދެއްވައެވެ.

ރާއްޖޭގެ ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80ވަރަކަށް މީހުން ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. އެމީހުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. ރާއްޖެ ހިފުމެވެ. މި ހަމަލާ ދިންއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. ޙަމަލާ ނާކާމިޔާބުކޮށްލައި ބާޣީންގެ މައްޗަށް ނަޞްރު ހޯދުމުގެ އެންމެ އިސް ކޮމާންޑަރަކީ ރައީސް މައުމޫމެވެ.

މިއުދުވާނީ ޙަމަލާގައި ކުށެއް ނެތް 19 ދިވެހިން ޝަހީދު ވިއެވެ. އޭގެތެރެއިން 8 ބޭކަލުންނަކީ ސިފައިންނެވެ.

3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.

ސިއްހަ އަޙްމަދު އިސްމާޢީލް މަނިކަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ބައްޕައެވެ. މިހާރުގެ ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރުން ވަރަށް ފަނޑުގޮތެއްގައި ކުރިއަށް ގެންދާ ސަބަބަކީ އެއީކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *