"ބޭޅިޔާ" ގައި ކްރިތީ ފެންނާނެ ގޮތް ދައްކާލައިފި

"ބޭޅިޔާ" ގައި ކްރިތީ ފެންނާނެ ގޮތް ދައްކާލައިފި

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ކްރިތީ ސެނޮންގެ ކުރިއަށް އޮތް ފިލްމް "ބޭޅިޔާ"ގައި ކްރިތީ ފެންނާނެ ގޮތުގެ ޕޯސްޓްރު ތަކެއް ދައްކާލައިފިއެވެ.

ކްރިތީ އާއި ވަރުން އެމީހުންގެ އިންސްޓަގްރާމްގައި ވަނީ ފިލްމުގައި ކްރިތީ ފެނިގެންދާގޮތުގެ ޕޯސްޓަރު ތަކެއް ހިއްސާކޮށްފައެވެ. ކްރިތީވެސް ވަރަށް ތަފާތު ގޮތަކަށް ފެނިގެންދާ މިޕޯސްތަރުގައި އޭނާގެ ކެރެކްޓާ އަންދާޒާ ކޮއްލަން ވަރަށްވެސް އުނދަގުލެވެ. އެއީ އިންސާނެއް ކަމެއް ނުވަތަ އެހެން މަހުލޫގެއް ކަމެއް ނޭގުނު ނަމަވެސް އޭނާ އަކި ފިލްމުގައި ޑޮކްޓަރެކެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

މީގެ ކުރިން ވަނީ ވަރުން ފިލްމުގައި ފެނިގެންދާ ގޮތުގެ ޕޯސްޓަރު ތަކެއްވެސް އާންމު ކޮށްފައެވެ. މި ހޮރޯ ކޮމެޑީގެ އެންމެ ހާއްސަ ކަމަކަށް ވާނީ ވަރުން ކުޅެފައިވާ ކެރެކްޓާއެވެ. އެއީ އެއްގޮތަކުން ސިފަކުރާ ނަމަ "ހިޔަޅެއް" ގެ ކެރެކްޓާއެވެ.

މިއީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީއެކެވެ. އޭނާ އަކީ 2018ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "ސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019ގެ "ބާލާ" އެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރުންއާއި ކްރިތީ ވަނީ މީގެކުރިން ވެސް އެކުގައި ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ. "ބޭޅިޔާ"ގެ އައު ޕޯސްޓަރެއް މިހާރު ދައްކާލައިފާ ވާއިރު މި ފިލްމު ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2022 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *