މަވޯޓާ ޝަރީފްގެ ބައްޕަ ނިޔާ ވެއްޖެ

މަވޯޓާ ޝަރީފްގެ ބައްޕަ ނިޔާ ވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ އައްޑުއަތޮޅު މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފުގެ ބައްޕަ ނިޔާވެއްޖެއެވެ.

މަވޯޓާ ޝަރީފް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ބައްޕަ މުސާ ވަޖުދީއަކީ، މަރަދޫއަށް ނިސްބަތްވާ އަދި އެރަށުގެ އާންމު ރައްޔިތުންގެ މެދުގައި އިހުތިރާމް ލިބިގެންވާ ބޭފުޅެއް ކަމަށާއި، ބައްޕައަށް ސުވަރުގޭގެ ދާއިމި ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ދިގުމުއްދަތެއް ވަންދެން ކުރައްވަމުން ގެންދަވާ، މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ހުންނެވި އެންމެ ސީނިއަރ އެއް މެމްބަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *