އާލިއާ އާއި ރަންބިރު ކައިވެނިކުރާ ގޭގައި ބޮކިފަތި ދަމައި ދިއްލާލައިފި

އާލިއާ އާއި ރަންބިރު ކައިވެނިކުރާ ގޭގައި ބޮކިފަތި ދަމައި ދިއްލާލައިފި

މިމަހުގެ 17 ވަނަ ދުވަހު ކައިވެނި ކުރުމަށް ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރާ ގެ ދިއްލާލައިފިއެވެ.

ކައިވެނީގެ ހަފުލާ ބާއްވަނީ މުމްބާއީގެ ޗެމްބޫރްގައި ހުންނަ ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރްގެ އާއިލީގެ "ކްރިޝްނާ ރާޖް"ގައެވެ. މި ގެއަކީ ރިޝީ އާއި ނީތޫވެސް ކައިވެނި ކުރި ގެއެވެ.

ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީ ވަމުން އަނަންނަ އިރު، ކައިވެނީގެ ކުރިން ކުރިއަށް ގެންދާ ސެރެމޮނީތައް މިހާރު ވަނީ ފަށާފަ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މިގެ ޒިނާތްތެރި ކުރާތާ ދެހަފްތާއެއްހާ ދުވަސް ވެފައިވާއިރު ކައިވެނީގެ ރަސްމީ ހަފުލާ ބުރާސްފަތި ދުވަހު ބޭއްވުމަށް ފަހު ކައިވެނީގެ ރަސްމީ ރިސެޕްޝަން އޮންނާނީ މި މަހުގެ 17 ގައި މުމްބާއީގެ ތާޖް މަހަލް ޕެލަސްގައި ކަމަށް މީޑިއާތަކުން ބުންޏެވެ.

މީޑީއާއިން މިވާހަކަތައް ގެނެސްދިން ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން އަދި މިކަން އިއުލާނެއް ނުކުރެއެވެ.

މި ކައިވެނި މި އަހަރު ފަހުކޮޅު ކުރުމަށް ހަމެޖިފައި އޮތްނަމަވެސް ކައިވެނި އަވަސް ކުރީ އާލިއާގެ މަންމަ ފަރާތުގެ ކާފަގެ އެދުމުގެ މަތިން ކަމަށް ޚަބަރުތައް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *