އަނައްނިޔާ އާއި އިޝާން ރުޅިވެއްޖެ

އަނައްނިޔާ އާއި އިޝާން ރުޅިވެއްޖެ

ތިން އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމުގައިވާ އަނައްނިޔާ ޕާންޑޭ އާއި އިޝާން ޚައްޓަރު ރުޅިވެއްޖެއެވެ.

އެމީހުންގެ ގުޅުން ނިމުމަކަށްއައި ސަބަބަކީ ދެމީހުންގެ މެދުގައި ތަފާތުތައް ގިނަކަމުންނެވެ. އެހެންކަމުން އެ ދެމީހުންގެ "ވައިބް" ދިމާނުވަތީ ރުޅިވީ ކަމަށް ދެ ތަރިންނާ ގާތް މީހަކާ ހަވާލާދީ މީޑީއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އަދި ދެމީހުންގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިމުނު ކަމުގައިވިޔަސް ގާތް ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެ ކަމަށާއި ގުޅުން ނިމުމަކަށް ގެނައީ ވަރަށް ސުލްހަ ވެރިކަމާއި އެކުކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޝާން އާއި އަނައްނިޔާ ލޯބީގެ ގޮތުން ގުޅުނީ "ކާލީ ޕީލީ" ގެ ޝޫޓިންގެ ތެރެއިން މީގެ 3 ވަރަކަށް އަހަރު ކުރިންނެވެ.

އަދި އެއަށްފަހު މިދެމީހުންވެސް ދިއައީ ވަރަށް ލޯބިން އުޅެމުނެވެ. އެގޮތުން ޕާޓީތަކަށް އެކުގައި ދިއުމާއި ޗުއްޓީ ތަކަށް ދިއުން ފަދަ އެކުގައި ވަގުތު ހޭދަކުރެވޭނެ ކަންކަން ވެސް ދިއައީ ކުރަމުންނެވެ.

އަދި މިމީހުގެ ސަޕޯޓަރުން ބުނަމުން ދިޔައީ އެއީ "ކަޕުލްސް ގޯލް" ކަމަށެވެ. މި ދެމީހުން ބްރޭކްއަޕް ވެފައިވާ ޚަބަރުތައް ފެތުރުނު ކަމުގައި ވީ ނަމަވެސް މިދިޔަ ފެބްރުވަރީ މަހު، އިޝާންގެ ބޭބެ ޝާހިދު ކަޕޫރްގެ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ޕާޓީގައި އަނަންނިޔާ ވަނީ ބައިވެރި ވެފައެވެ. އަދި އިޝާންގެ މަންމައަށް އަނައްނިޔާ ވަރަށް ކަމުދާ ކަމަށް އޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *