ދައުލަތަށް ލިބެންޖެހޭ 16 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ފަށައިފި

ދައުލަތަށް ލިބެންޖެހޭ 16 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ފަށައިފި

ފާއިތުވި ދެ އަހަރު ކޯވިޑުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް އެޕްރީލްމަހު ފަށާނެކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފިއެވެ..

މީރާއިން ބުނީ ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެޕްރީލް 1 އިން ފެށިގެން މީރާއިން ތަންފީޒީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަން މީރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ޖޫރިމަނާތަކާއެކު ލިބެންޖެހޭ ޖުމްލަ އަދަދުކަމަށްވެސް މީރާއިން ބުނެއެވެ.

މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނެއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މިރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

ކޯވިޑާއި ގުޅިގެން އިޤްތިޞާދަށް އައި ހީނަރުކަމުން ޓެކްސްދައްކާ ހުރިހާ ފަރާތްތަކަށް މީރާއިން ލުއިތަކެއް ދިނެވެ. އަދި ޓެކްސް ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނެވެ. ނަމަވެސް މިހާރު ރާއްޖޭގައި އޮތް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވިގޮސް އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން ދިއުމުން މީރާއިން ވަނީ ދައުލަތައް ލިބެންޖެހޭ އާމްދަނީ ހޯދުމަށް މަސައްކަތް ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *