އާމިރު ޚާން ފިލްމު ކުޅުން ހުއްޓާލަނީ

އާމިރު ޚާން ފިލްމު ކުޅުން ހުއްޓާލަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރު ޚާން ފިލްމް ކުޅުން ހުއްޓާލަން އުޅޭކަން އިއުލާން ކޮށްފިއެވެ.

މި ޚަބަރާއެކު އޭނާގެ ސަޕޯޓަރުން ވަނީ މޮޅީގެ ސާލެއް އޮޅާލާފައެވެ.

އާމިރު ޚާން ފިލްމީ ދާއިރާއާ ދުރަށް ދާން ނިންމި ނަމަވެސް، ދެ އަހަރު ދުވަހު ފިލްމީ މަސައްކަތުގައި ދުރުގައި ހުރުމަށްފަހު އެނބުރި މަސައްކަތަށް ނުކުންނަން ޖެހުނީ ކުރީގެ އަންހެނުން ކިރަން ރާއޯގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާމިރު ފިލްމު ކުޅުން ހުއްޓާލާތީ އެންމެ ދެރަވަނީވެސް އޭނާގެ ވަރިކުރި ފުޅެ ކިރަންއެވެ. އާމިރު ފިލްމް ކުޅުން ހުއްޓާލަން ނިންނީ ދަރިން ބޮޑެތިވަމުން އަންނަ އިރު ދަރިންނަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުދެވޭތީ ކަމަށް ބުނަމުންނެވެ.

އާމިރުގެ ފުރަތަމަ އަންހެނުން ރީނާއަށް ލިބިފައިވާ ދެކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ޖުނައިދަށް މިހާރު 29 އަހަރެވެ. އަދި އަންހެން ދަރިފުޅު އިރާއަށް 25 އަހަރެވެ. މީގެ އިތުރުން ކިރަން އާއި އާމިރު ކައިވެނި ކޮށްގެން ލިބިފައިވާ ދަރިފުޅަށް 10 އަހަރެވެ. 10 އަހަރުގެ އާޒާދް ރާއޯ ޚާން އަކީ ސަރޮގެސީ މެދުވެރިކޮށް އެމީހުން ހޯދި ކުއްޖެކެވެ.

ރޭ މުމްބާއީގައި އޮތް އިވެންޓެއްގައި ވާހަކަދައްކަމުން އުމުރުން 57 އަހަރުގެ އެކްޓަރ ބުނެފައިވަނީ ފާއިތުވި އަހަރުތަކަކީ އޭނާއަށް ވެސް ވަރަށް ގިނަ ކަންކަން ހާސިލުނުވެ ދިޔަ ދުވަސްތަކެއް ކަމަށެވެ.

މި މޭރުމުން އޭނާ ވާހަކަދެއްކި އިރު މިދިއަ އަހަރު އާމިރު ވަނީ އޭނާގެ ދެވަނަ ކައިވެނި ނިމުމަކަށް އައިކަން ހާމަކޮށްފައެވެ. އަދި ކިރަން ވަރި ކުރެވުމަކީ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފައެވެ.

މި ދެމީހުން ވަރިވިއިރު އެކުގައި ދިޔައީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި މިއީ އާމިރުގެ އަލްވަދާއުގެ ފިލްމެވެ. މި ފިލްމުން އާމިރާއެކު ފެނިގެން ދާނީ ކަރީނާ ކަޕޫރެވެ. "ލާލް ސިންގް ޗައްޑާ" އެޅުވުމަށް ތާވަލް ކޮށްފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *