ފުޓުބޯޅަ ކުޅެނިކޮށް އިބްރާހިމަށް އަނިޔާ ވެއްޖެ

ފުޓުބޯޅަ ކުޅެނިކޮށް އިބްރާހިމަށް އަނިޔާ ވެއްޖެ

ބޮލީވުޑްގެ އެކްޓަރ ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ފުޓުބޯޅަ ކުޅެނިކޮށް ފަޔަށް އަނިޔާވެއްޖެއެވެ.

އިބްރަހީމަކީ ސައިފްގެ ފުރަތަމަ ކައިވެނިން ކުރީގެ ބަތަލާ އަމްރިތާއަށް ލިބިފައިވާ ކުއްޖެކެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ. އެއީ ވިދަމުން އަންނަ ބަތަލާ ސަރާ އަލީ ޚާނެވެ. ސަރާ އާއި އިބްރަހިމާ ދެބެން ނަކީ ވަރަށް ލޯބިން އުޅޭ ދެބެންނެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު ބައެއް ބޮލިވުޑްގެ ތަރިންނާއި އެކު ފުޓުބޯޅަ ކުޅެން ގޮސް އުޅެނިކޮށް އިބްރަހިމްގެ ފަޔަށް އަނިޔާ ވުމުން ވަނީ ކުޅުން ހުއްޓާލައިފައެވެ. އާދިއްތަ ދުވަހަކީ ސްޓާރުން ފުޓުބޯޅަ ކުޅޭ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އިބްރާހިމް އަލީ ޚާން، އަބީޝެކް ބައްޗަން، ރަންބީރު ކަޕޫރު އަދި އަރުޖުން ކަޕޫރު ވެސް އެދުވަހު ކުޅެން ދިޔައެވެ.

ގޯލެއް ޖަހަން އުޅުމުގެ ތެރޭގައި އިބްރާހިމަށް އަނިޔާ ވުމުން ވަނީ ދަޑުން ބާލައި އަށިގަނޑަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިބްރާހިމް އަންނަނީ ބޮލީވުޑަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ އަނަނީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

އަދި ފިލްމަކުން އޭނާ ނުފެނުން ކަމުގައިވިޔަސް ސޯޝަލް މީޑިއާގައި އޭނާއަކީ ވަރަށް މަގުބޫލު މީހެކެވެ. މިހާރުވެސް އެތަށް ހާސް ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި އޭނާ ފޮލޯ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *