ފިލްމު ކުޅޭކަށް ބޭނުމެއް ނޫން: އިރާ ޚާން

ފިލްމު ކުޅޭކަށް ބޭނުމެއް ނޫން: އިރާ ޚާން

ބައްޕަގެ ފިޔަވަޅު މަތިން ހިގާފައި ގޮސް ބޮލީވުޑްގެ ދޮރުގައި ޓަކިޖަހަން ބޭނުން ނުވާ ކަމަށް ސްޕަރސްޓާ އާމިރު ޚާންގެ އަންހެން ދަރިފުޅު އިރާ ޚާން ބުނެފިއެވެ.

އިރާ ޚާނަކީ އާމިރު ކުރި ފުރަތަ ކައިވެނިން ލިބުނު ދެކުރިންގެ ތެރެއިން އަންހެން ކުއްޖާއެވެ. އާމިރާއި ރީނާ ދަތަށް ދެން ލިބުނު ކުއްޖާއަށް ކިޔަނީ ޖުނައިދު އެވެ.
އިރާ އެކޭ އެއްފަދައިން ޖުނައިދުވެސް ފިލްމީ ދާއިރާއާއި ވަރަށް ދުރެވެ. އޭނާ ވެސް ފިލްމު ކުޅުމަށް ޝައުގުވެރިކަމެއް ނުހުރެއެވެ. ނަމަވެސް ކެމެރާގެ ފުރަގަހުގައި ބައެއް މަސައްކަތްތައް ވަރަށް މަދުން ކުރެއެވެ.

އިންސްޓަގްރާމުގައި އިރާ ކުރިއަށް ގެންދިޔަ ސެޝަނެއްގައި، އޭނާއާ ކުރި ގިނަ ސުވާލު ތަކަކަށް ޖަވާބު ދީފައި ވެއެވެ. އަދި ފިލްމީ ދާއިރާއިން ފެންނާނެތޯ މީހަކު އެހުމުން އިރާ ބުނެފައިވަނީ އެނާ ފިލްމީ ދާއިރާއިން ފެނުން ކަމުގައިވިޔަސް ފިލްމެއްގައި އެކްޓްކުރަނިކޮށް ނުފެންނާނެ ކަމަށެވެ.

މީގެ ކުރިންވެސް މުނިފޫހި ފިލުވުމުގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ އިރާ ކެމެރާގެ ފުރަގަހުން ފެނިދާނެކަމުގައި ބުނެފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *