އަނައްނިޔާގެ ކާރު ފުލުހުން ލޮކްކޮށްފި

އަނައްނިޔާގެ ކާރު ފުލުހުން ލޮކްކޮށްފި

އަރަމުން އަންނަ ބޮލީވުޑްގެ ބަތަލާ އަނައްނިޔާ ޕާންޑޭގެ ކާރު، ނުބައިތަނެއްގައި ޕާކް ކޮށްފައި އޮތުމުގެ ސަބަބުން، ފުލުހުން އޭނާގެ ކާރު ލޮކްކޮށްފިއެވެ.

މި ކަމެއް ހިނގީ އޭނާގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންގައި މުމްބާއީގެ ސްޓޫޑިއޯއެއްގައި އުޅެނިކޮށެވެ. އޭނާ ކާރު ޕާކު ކޮށްފައި އޮތީ ޕާކުކުރުން މަނާ ސަރަހައްދެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަނައްނިޔާގެ ކާރު ޕާކްކުރި ތަނަކީ އެ ސްޓޫޑިއޯގެ ބައެއް ސާމަނު ބެހެއްޓުމަށް ބުކްކޮށްފައި އޮތް ތަނެކެވެ. އެހެންވެ، އޭނާގެ ކާރު ލޮކްކުރުމުން، ފަހުން އޭނާގެ ސެކިއުރިޓީ އޮފިސަރުން ވަނީ ފުލުހުންނާ ވާހަކަ ދައްކައިގެން އެތަނުން ކާރު ނަގާފައެވެ.

އަނައްނިޔާއާ މެދު ފިޔަވަޅެއް ނޭޅި ނަމަވެސް އޭނާއަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އަނައްނިޔާ އެންމެ ފަހުން ފެނުނީ ދީޕިކާ ޕަޑުކޯނާއި ސިދާންތު ޗަތުރަވެދީއާއެކު ކުޅުނު "ގެހެރާއިޔާ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *