ކޮމަންޑޫ ކައިރިން 3 ރަށެއްގައި ރިސޯޓު ހަދަނީ

ކޮމަންޑޫ ކައިރިން 3 ރަށެއްގައި ރިސޯޓު ހަދަނީ

ށ. ކޮމަންޑޫ ކައިރީގައި އޮންނަ 3 ރަށެއްގައި ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ. ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެއެވެ.

ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ހަދަން ސަރުކާރުން ހުޅުވައިލިއިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި-އިލެކްޝަންގެ ކެމްޕެއިންގެ ފޯރިވަނީ ގަދަވެފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް އަންނަ މަހުގެ ފަހެއްގައި ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާތީ، އެ އިންތިހާބާ ދިމާކޮށް ސަރުކާރުން ގެންދަނީ ށ. އަތޮޅަށް ތަރައްގީގެ އެކި ކަންކަންކަން ކުއްލި ގޮތަކަށް އިއުލާނު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ.

ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ނިންމި ރަށްތައް އިތުރުކޮށްފައިވަނީ ސަރުކާރުން މިދިޔަ އޮކްޓޫބަރުމަހު ރިސޯޓް ހަދަން ސަރުކާރުން އިއުލާންކުރި ރަށްތަކުގެ ލިސްޓަށެވެ. މި ލިސްޓުގައި މީގެކުރިން 18 ރަށެއް ހިމެނެއެވެ.

މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *