ވިލިމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއްޖެހި، ނުރައްކާތެރި އެކްސިޑންޓެއް ހިނގައިފި

ވިލިމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއްޖެހި، ނުރައްކާތެރި އެކްސިޑންޓެއް ހިނގައިފި

ލޯންޗަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިރޭ 18:50 ހާއިރު ވިލިމާލެ ދެކުނުފަރާތުން ލޯންޗަކާއި ޑިންގީއެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިހާދިސާގައި ދެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ދަނީ މިހާދިސާ ހިނގި ސަރަހައްދުގައި މިހާރުވެސް ހަރަކާތް ތެރިވަމުންނެވެ.

މިހާދިސާގައި ޑިންގީ އަޑިއަށް ގޮސްފައިވާތީ އެސަރަހައްދުން ދަތުރުކުރާ އިރު މިކަމަސް އިތުރަށް ސަމާލުވުމަށް ފުލުހުންވަނީ ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *