ގައިން ގަޔަށް އާދަޔާ ޚިލާފަށް ފަސޭހަކަމާއެކު ފެތުިގެން ދިއުމުގެ ގާބިލްކަން ލިބިފައިވާ، ކޯވިޑް19ގެ މުޅިން އާ ވެރިއެންޓެއް ސައުތު އެފްރިކާއިން ފެނި، ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް އެގައުމުގެ ރައްިތުންނަށް ނުވަދެވޭ ގޮތަށް ބަންދު ކުރަން ފަށައިފިއެވެ.
އަދި މީގެ އިތުރުން، ކޯވިޑް19، ފަސެހަކަމާއެކު ފެތުރާދޭ އާވޭރިއެންޓެއް ފެނުމާއި ގުޅިކަމުގެ ދުނޔިޔޭގެ ސައިންސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަފައެވެ.
B.1.1.529ގެ ގެ ނަންދެވިފައިވާ މިވޭރިއެއްނޓް ސަސައުތު އެފްރިކާގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައިވާ ކަމަށް ވެއެވެ. އަދި ދުނިޔޭގެ ސައިންސްވެރިންގެ ކަންބޮ ކަންބޮޑު ވުމަކީ، މި ވޭރިއެންޓޭޓް އަވަސްއަވަހަށް، ގިނައިންމިއުޓޭޓް ވަމުން ދިއުމާ ގުޅިގެން ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ފައިވެގެން ދިއުމުގެ އިތުރުން، އޭގެ ނަތީޖާއެއްގެ ގޮތުން ހަށިގަޑުގެ ދިފާއީ ނިޒާމަށް ނޫދެވޭ އަސަރު ކުރާނެކަމަށް ވާތީއެވެ.
މިވޭރިއެންޓް މިހާތަނަށް އައިއިރު ސައުތު އެފްރިކާގެއިއތުން ބޮޓްސުވާން، ހޮންގކޮންގ އަދި ބެލްޖިއަމްއަމްވަނީ ފެނިފައެވެ.
ސައުތު އެފްރިކާއިން ފުރަތަަ ބުނެފައިވަނީ، ހުކުރުން ދުވަހު އެގައުމުން އެގައުމުން ހޮންގ ކޮންގއަށް ދަތުރު ކުރިމީހެއްގެ ކިބައިން މި ވޭއރިއެންޓެ ފެނިފައި ވާކަމުގައެވެ.
އަދި އެއަށްފަހު ހިންގކޮންގ އިން ވަނީ، B.1.1.529ގެ ދެވަނަ ކޭސްއެއް އެގައުމަށް ދަތުރުކުރި މީހުން ކަރަންޓީނު ކޮށްފައިތި މީހުން ބައިތި މީހުންނާއި އެއް ފްލޯއެއިން ފެނިފައިވާ ކަމިުގައެވެ.
އަދި ހުކުރު ދުވަހު ބެލްޖިއަމްއިން ބުނެފައިވަނީ، ވަރަށް ފަހުނ އެގައުމަށް އެބުރިއައި ދަތުރުވެރިއެއްގެ ކިބައިން ކޯވިޑް19ގެ މި އާވޭރިއެންޓް ފެނިފައިވާ ކަމަށެވެ. އަދި މިއީ މިވޭރިއެންޓްގެ ޔޫރަޕްގެ އެންމެ ފަހު މަންޒިކެވެ.
B.1.1.529އަކީ ނުރައްކާތެރި މިންވަރަަކަށް ކަންބޮޑުވާންޖެހޭ ވޭރިއެންޓެއްތޯ ކަޑައެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO)އިން ހުކުރުދުވަހު ބައްދަލު ކުރާ ގޮތަށްވަނީ ހަމަ ޖެހިފައެވެ.
WHOއިން ބުނެފައިވަނީ މި ބައްދަލުވުމަށްފަހު، ދުނިޔޭގެ ގައުމުތަކުން އަމަލްކުރަން ޖެހޭގޮތުގެ އިރުޝާދު ދޭނެ ކަމުުގައެވެ.