އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށްޓަކާ ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި އަސްކަރީ ކޯޓެއް ގާއިމް ކޮށްފި

އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށްޓަކާ ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި އަސްކަރީ ކޯޓެއް ގާއިމް ކޮށްފި

ތާލިބާން ޖަމާއަތުގެ ރޫޙާނީ ލީޑަރު ހެބަތުﷲ އަޚުންޒާދާގެ އަމުރުފުޅަށް، އަފްއާނިސްތާނުގައި އިސްލާމީ ޝަރީޢާ ތަންފީޒު ކުރުމަށްޓަކާ، ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި އަސްކަރީ ޓްރައިބިއުނަލްއެއް ގާއިމް ކޮށްފިއެވެ.

ތާލިބާން ޖަމާއަތުގެ ޑެޕިއުޓީ ސްޕޯކްސް ޕާސަންއާއި ހަވާލާދީ އަފްއާނިސްތާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަސްކަރީ ޓްރައިބިއުނަލް ގާއިމް ކޮށްފައިވަނީ، ޝަރީޢާ ސިސްޓަމް ގާއިމް ކުރުމަށާއި، ރޫޙާނީ ލީޑަރުގެ ގަރާރުތައް ތަންފީޒު ކުރުމަށާއި، އަދި އިޖުތިމާޢީ އިންސާފު ގާއިމް ކުރުމަށެވެ.

މި ޓްރައިބިއުނަލްގެ ޗެއަރމަންއަކަށް އައްޔަން ކުރެވިފައިވަނީ، އުބައިދުﷲ ނިޒާމީއެވެ. އޭނާގެ ނާއިބުންގެ ގޮތުހައި އައްޔަން ކޮށްފައިވަނީ، ސައީދު އަހާޒްއާއި ޒާހިދު އަޚުންޒާދޭއެވެ.

ތާލިބާން ޖަމާއަތުން ގާއިމްކުރި އަސްކަރީ ޓްރައިބިއުނަލްއަށް އިސްލާމިކް ސިވިލް ލޯއާއި ގުޅުންހުރި ފަތުވާތައް ނެރުމާއިި، އިސްލާމީ ޝަރީޢާ މާނަ ކުރުމުގެ ބާރު ލިބިދިނުމުގެ އިތުރުން، ތާލިބާން ޖަމާއަތުގެ އޮފިޝަލުންނާއ،ި ޕޮލިހުންނާއި، ސިފައިންނާއި އަދި އިންޓެލިޖެންސް ޔުނިޓްގެ ފަރާތްތަކާ ގުޅޭގޮތުން ޕެޓިޝަންތަކާއި ގާނޫނީ މައްސަލަތައް މި ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ފުރިސަތު ލިބިދީފައި ވެއެވެ.

ފާއިތުވެދިޔަ އޮގްސްޓް މަހުގެ 15ވަނަ ދުވަހު އަފްއާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް އައުމަށްފަހު އެ ޖަމާއަތުންވަނީ އެގައުމުގައި އަންހެނުންނަށް ތައުލީމު އުގެނުމުގެ ފުރުސަތު ބަންދު ކޮށްފައެވެ. އަދި މީގެ އިތުރުން، ބައެއް ދާއިރާތަކުގައި އަންހެނުން ވަޒީފާ އަދާކުރުން މަނާކޮށް، އެޖަމާއަތުން ދަނީ އަފްއާނިސްތާނުގައި ހަރުކަށި އެތައް އުސޫލެއް ގާއިމް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *