10 ސަފީރުން ތުރުކީން ބޭރު ކޮށްލުމަކީ، ޚުދުމުޚްތާރު ކަމުގެ އަލާމާތެއް: އީޔޫ

10 ސަފީރުން ތުރުކީން ބޭރު ކޮށްލުމަކީ، ޚުދުމުޚްތާރު ކަމުގެ އަލާމާތެއް: އީޔޫ

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމުގައިވާ، އުސްމާން ކަވަލާ ތުރުކީގެ ޖަލުން މިނިވަންކުރުމަށް ގޮވާލުމާ ގުޅިގެން، އެގައުމުން، އެމެރިކާ ހިމެނޭގޮތުން ހުޅަގުގެ އިތުރު 9 ގައުމެއްގެ ސަފީރުން ގައުމުން ބޭރުކުރުމަށް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ނިންމެވި ނިންމެވުމުން ދޭހަކޮށްދެނީ، އެގައުމުގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ފެންނަމުންދާ ޚުދުމުޚްތާރުކަން ކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ރައީސް ޑޭވިޑް ސަސޯލި ވިދާޅު ވެއްޖެއެވެ.

"10 ސަފީރުން ގައުމުން ބޭރުކުރުމަށް ނިންމި ނިންމުމުން ފެނިގެންދަނީ ތުރުކީގެ ސަރުކާރުގެ ޚުދުމުޚްތާރުކަން އެކަނި. މި ނިންމުމުގެ ސަބަބުން ފަހަތަކަށް ނުޖެހޭނަން،" ސައްސޯލި ޓުވީޓް ކުރައްވާފައި ވެއެވެ.

އަދި އީޔޫރެ ރައީސްވަނީ އުސްމާން ކަވަލާ މިނިވަންކުރުމަށް ގޮވާލާއްވާފައެވެ.

ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާންވަނީ، އެމެރިކާ، ކެނެޑާ، ޑެންމާރކް، ފްރާންސް، ޖަރުމަނު، ނެދަރލޭންޑްސް، ނޯވޭ، ސްވިޑެން، ފިންލޭންޑް އަދި ސުވިޒަލޭންޑްގެ ސަފީރު އެގައުމުން ބޭރުކުރުމަށް ތުރުކީގެ ފޮރިންގ މިނިސްޓަރަށް އަންގަވާފައެވެ.

އެރެދޮގާން މިގޮތަށް އަމުރު ކުރައްވާފައިވަނީ، ތުރުކީގައި ޖަލަށް ލެވިފައިވާ އުސްމާން ކަވަލާ ދޫކޮށްލުމަށް މި 10 ގައުމުން ގުޅިގެން ގޮވާލުމާ ގުޅިގެންނެވެ.

ކަވަލާ ތުރުކީގައި ޖަލަށް ލެވިފައިވަނީ، ތުރުކީގައި 2013 ވަނަ އަހަރު ކުރެވުނު މުޒާހިރާތަކަށް ޚަރަދު ކުރުމުގެ ތުހުމަތުގައާއި އަދި، 2016ވަނަ އެރެދޮގާންގެ ވެރިކަމާ ދެކޮޅަށް ގެނެވުނު ނާކާމިޔާބު ބަޢާވާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށުގައެވެ.

"އަހަރެން ވާނީ ފޮރިން މިނިސްޓަރަށް ކަން ކުރަންވާ ގޮތް އަންގާފަ: މި 10 ގައުމުގެ އެމްބެސެޑަރުންނަށް ދީފައިވާ ޑިޕްލޮމެޓިކް ސްޓޭޓަސް ވަގުތުން އުނިކުރުމަށް ވާނީ އަންގާފަ. ވަގުތުން މިކަމަށް އަމަލު ކުރަންވާނެ،" ތުރުކީގެ އުތުރުގެ ސިޓިއެއް ކަމުގައިވާ އެސްކިސެހިރުގައި ވާހަކަ ދައްކަވަމުން އެރެދޮގާން ވިދާޅުވެފައި ވެއެވެ.

"އެމީހުންނަށް މިހާރު އިގޭނެ ތުރުކީއަކީ ކޮބައިކަން، އެމީހުންނަށް ތުރުކީ ދަަސް ނުވަންޏާ އެމީހުން ޖެހޭނީ ތުރުކީ ދޫކޮށް ދާން،" އެރެދޮގާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *