އިންޑިއާގައި އެއް ބިލިއަން ކޯވިޑް ވެކްސިން ދީފި

އިންޑިއާގައި އެއް ބިލިއަން ކޯވިޑް ވެކްސިން ދީފި

އިންޑިއާ ކުރިމަތިލާންޖެހުން ކޯވިޑްގެ ދެވަނަ ރާޅުގައި، އެގައުމުގައި އެތައް ހާސް ބަޔަކު މަރުވެދިޔަތާ މަސްތަކެއް ފަހުން، އިންޑިއާއިން އެގައުމުގެ ރައްޔިތުންނަށް އެއް ބިލިއަން ޑޯޒްގެ ކޯވިޑް ވެކްސިންދީ ފުރިހަމަ ކޮށްފިއެވެ.

އެހެންނަމަވެސް، 1.3 ބިލިއަންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާއިން މި މުހިންމު ލަނޑު ދަނޑި ހާސިލް ކޮށްފައި ވީނަމަވެސް، ސިއްޙީ ތަޖުރިބާ ކާރުން ވިދާޅުވެވައިވަނީ، އިންޑިއާގައި އަދިވެސް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ޖެހިފައިވާ އެތައް މިލިއަން ރައްޔިތުންނެއް ތިބުމާއި އެކު، ކޯވިޑް ކާރިސާގެ ނުރައްކާ އިންޑިއާއިން ފިލައިގެންދާން އަދިވެސް ގާތް ނުވާ ކަމުގައެވެ.

އިންޑިއާއިން މިހާތަނަށް އެގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 30 އިންސައްތައަށް ވެކްސިން ދީ ފުރިހަމަ ކޮށްފައިވާއިރު، މުޅި އާބާދީގެ 74 އިންސައްތައަށް އެއް ޑޯޒް ދީ ފުރިހަމަ ކޮށްފައިވާ ކަމަށް، އޮކްޓޯބަރުމަހުގެ 16ވަނަ ދުވަހު އިންޑިއާގެ ހެލްތު މިނިސްޓްރިން ހާމަ ކޮށްފައި ވެއެވެ.

މި ތަފާސް ހިސާބިގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނެއެވެ. އިންޑިއާގެ އާބާދީގެ 41 އިންސައްތައަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. މި އުމުރު ފުރާއަކީ ވެކްސިން ޖަހަން ނުޖެހޭ އުމުރުފުރާގެ ކުދިންނެވެ.

އިންޑިއާއިން އެގައުމުގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް މިސްރާބު ހިފާފައިވާއިރު، އެގައުމުން މިހާރުވަނީ ބޯޑަރުތައްވެސް ހުޅުވަން ފަށާފައެވެ. އަދި އިންޑިއާއިން ގެންދަނީ އެތައް މިލިއަން ވެކްސިނެއް އެހެން ގައުމުތަކަށް ފޯރުކޮށް ދެމުންނެވެ.

މިގޮތުން 18 މަސްދުވަސް ވަންދެން ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު، ފާއިތުވި ހުކުރު ދުވަހު، އެންމެ ފުރަތަމަ ފަހަރަށް އިންޑިއާއަށްވަނީ ފަތުރުވެރިން ޒިޔާރަތް ކުރަން ފަށާފައެވެ. އަދި އިންޑިއާގައި އެތައް މިލިއަން މީހުން ދަނީ ދީތީ ތަފާތު އިހުތިފާލްތައް ފާހަގަ ކުރުމުގެ ގޮތުން އެތަން މިތަނަށް ދަތުރު ކުރަމުންނެވެ.

ހަމަ އެއާއެކު، ނޮވެމްބަރުގައި ފާހަގަ ކުރާ ހިންދޫންގެ ދީނީ އިހުތިފާލެއް ކަމުގައިވާ ދީވާލީ ފާހަގަ ކުރުމުގެ ގޮތުން ދަތުރު ފަތުރުކުރުން އިންޑިއާއި އެތައް ގުނަޔަކަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *