"ޕޮންޔިންގް ސެލްވަން"ގައި އައިޝްވާރިޔާ ފެންނަގޮތް ލީކްވެއްޖެ

"ޕޮންޔިންގް ސެލްވަން"ގައި އައިޝްވާރިޔާ ފެންނަގޮތް ލީކްވެއްޖެ

ބޮލީވުޑްގެ ރީތި ބަތަލާ އައިޝްވާރިޔާ ރާއީ ވަނީ އޭނާ ކުރިއަށް އޮތް ފިލްމް "ޕޮނިޔިން ސެލްވަން" ގެ ޝޫޓިން ފަށާފައެވެ. ފިލްމެއްގެ މަސައްކަތް ނުކުރާތާ 5 އަހަރު ފަހުން އައިޝްވާރިޔާ މި ފިލްމް ގެ ޝޫޓިން ފަށާފައިވާއިރު ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ލީކްވެފައެވެ.

އަންގާރަ ދުވަހު ވައިރަލް ވި މި ފޮޓޯގައި، ވަރަށް ޓްރެޑިޝަނަލް ލުކެއްގައި އައިޝްވާރިޔާ ހުރި އިރު އޭނާ އަޅައިގެން ހުރީ ރަތްކުލައިގެ ސާރީ އެކެވެ. އެސާރީގައި ރަން ކުލައިގެ ބޯޑަރު އަޅާފައިވާ އިރު ގިނަ އަދަދެއްގެ ގަހަނާ ވަނީ ބޭނުން ކޮށްފައެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމް ގައި ހިމެނެނީ ސައުތުގެ ތަރިންނެވެ. ފިލްމުގެ ބަތަލަކީ ވިކްރަމް އެވެ. މީގެ އިތުރުން ކާސްޓުގެ ތެރޭގައި ތުރިޝާ، ކާތީ، ޖަޔަމް ރަވީ، ވިކްރަމް ޕްރަބޫ، ޕްރަކާޝް ޖާ، ޖަޔަރާމް އަދި ޝޮބީތާ ދުލިޕާލާ ހިމެނެ އެވެ.

"ޕޮނިޔިން ސެލްވަން" އަކީ 500 ކްރޯޑް ރުޕީސް (64.7 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހަދާ ޓެމިލް އިންޑަސްޓްރީގެ ބޮޑު ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *