މި އަހަރުގެ ފަަހުކޮޅު ނެރުމަށް ތާވަލުކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "އަންތިމް: ދަ ފައިނަލް ޓްރޫތު" ގެ ޝޫޓިން ނިންމާލައިފި އެވެ.
ސަލްމާނާއި އޭނާގެ ޅިއަނު އަޔުޝް ޝަރްމާ ފުރަތަމަ ފަހަރަށް ސްކްރީން ހިއްސާކުރާ މި ފިލްމް ނެރުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަހޭޝް މަންޖްރޭކަރެއެވެ. އަދި މި ފިލްމް ޕްރޮޑިއުސް ކޮށްފައިވަނީ ސަލްމާންގެ ސަލްމާން ޚާން ފިލްމްސް އިންނެވެ.
މި ފިލްމް ރިލީޒް ކުރާނެ ތާރިހު އަދި ޕޯސްޓަރު ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް ހަބަރުތަށް ބުނެއެވެ. ސަލްމާން އާއި އަޔޫޝް ގެ އިތުރުން ޕްރަގްޔާ ޖޭސްވާލް އަދި ނިތިކިން ދީރު ފެނިގެންދާ މި ފިލްމަކީ 2018 ވަނަ އަހަރުގެ މަރާޓީ ފިލްމް "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
ސަލްމާން ޚާން މިދިޔަ ޑިސެމްބަރު މަހުގައި މި ފިލްމުގެ ޓީޒާ ވަނީ ސޯޝަލް މީޑީއާގައި ހިއަސާކޮށްފައިއެވެ. އޭގެ އިތުރުން ސަލްމާން ވަނީ އަޔުޝް އާއި އެކު އެކްޝަން މަންޒަރެއް ކުޅެނިކޮށް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ސަލްމާނާއި އޭނާގެ ޅިޔަނު އަޔުޝްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ މި ފިލްމުަގއި އަޔުޝް ފެންނާނީ ގޭންގްސްޓާރެއްގެ ގޮތުގައެވެ. އަދި ސަލްމާނަކީ ސިކް ފުލުހެކެވެ.
ސަލްމާން އެންމެ ފަހުން ފެނިގެންދިޔައީ މި އަހަރު ރިލީޒްކުރި ފިލްމު "ރާދޭ" އިން ދިޝާ ޕަޓާނީ އަދި ރަންދީޕް ހޫޑާއާ އެކުގައެވެ.