ކޯވިޑްގެ ހާލަތު ގޯސްވެ މިމަހުގެ ނިޔަލަށް ލަންކާއަށް ދަތުރު ނުކުރެވޭނެ

ކޯވިޑްގެ ހާލަތު ގޯސްވެ މިމަހުގެ ނިޔަލަށް ލަންކާއަށް ދަތުރު ނުކުރެވޭނެ

ކޯވިޑް-19 ގައި އަވަށްޓެރި ސްރީ ލަންކާގެ ހާލަތު ގޯސްވެ މިމަހުގެ ނިޔަލަށް އެޤައުމަށް ދަތުރު ކުރުން މަނާކޮށްފިއެވެެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތު ގޯސްވެ ލަންކާގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެ ގޮތުން މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް އެ ގައުމަށް އެއްވެސް މީހަކަށް އެތެރެނުވެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެެހެން ނަމަވެސް ސްރީލަންކާއިން އެހެން ގައުމުތަކަށް ދަތުރުތައް ކުރެވޭނެ ކަމަށް އަންގާފައިވާ ކަަމަށެވެ.

ފޮރިން މިނިސްޓްރީން ވަނީ ސްރީލަންކާއަށް ދަތުރުކުރާ ދިވެހިން އިތުރަށް ސަމާލުވުމަށް އެދިފައެވެ. ހާލަތު ގޯސްވުމާއި ގުޅިގެން މީގެ ކުރިން އެޤައުމުން ވަނީ މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމަށް ދަތުކުރާ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެކަމަށްވެސް ނިންމާފައެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސްރީލަންކާގެ އިޤްޠިޞާދު މިއިން ދުވަހަކުވެސް ނުދާހާ ދަށަށް ވަނީ ގޮސްފައެވެ. 1948 ގައި އިނގިރޭސީންގެ އަތުން މިނިވަންވުމަށްފަހު ލަންކާގެ އިޤްޠިޞާދު މިހާ ހީނަރުވެގެން ނުދާކަމުގައި އެޤައުމުން ބުނެއެވެ. މިދިޔަ އަހަރު އެޤައުމުގެ އިޤްޠިޞާދުވަނީ 3.6 އިންސައްތައިގެ ދަށްވުމަކާއި ކުރިމަތިލާން ޖެހިފައެވެ.

އަންނަ އަހަރު 6 އިންސައްތައިގެ ކުރިއެރުމެއް އިޤްޠިޞާދަށް އައިސް އެތެރޭގެ އުފެއްދުންތަކާއި ޚިދުމަތްތައް ރަގަޅުވެގެންދާނެކަމަށް ލަންކާގެ ޤައުމީ ބޭންކުން ބުނެއެވެ. އެ ބޭންކުން ބުނީ ޤައުމަށް އެންމެ ބޮޑު އާއްމުދަނީއެއް ވަންނަ ދައިރާއަކީ ފަތުރުވެރިކަމަށްވާއިރު ކޯވިޑާއި އެކު އެ ދާއިރާއަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށެވެ. އަދި މި ހީނަރުކަމުގެ އަސަރު އުފެއްދުންތެރިކަމުންނާ ޙިދުމަތް ފޯރުކޮށްދޭ ތަންނަނަށް ކޮށްފައިވާކަމަށްވެސް އެ ބޭންކުން ބުނެއެވެ.

މީގެއިތުރުން ޖީޑީޕީގެ 101 އިންސައްތައަށް ސަރުކާރުގެ ދަރަނިވެސް ބޮޑުތަނުން އިތުރުވެފައިވާކަންވެސް ބޭންްކުން ވަނި ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *