މިދިޔަ މަހު އިމްޕޯޓް، އެކްސްޕޯޓުން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

މިދިޔަ މަހު އިމްޕޯޓް، އެކްސްޕޯޓުން ލިބުނު އާމްދަނީއަށް ބޮޑު ކުރިއެރުމެއް

އިމްޕޯޓް، އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީއަށް މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 101 ޕަސެންޓް އިތުރެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 129 މިލިއަން ރުފިޔާ އިމްޕޯޓް، އެކްސްޕޯޓުން ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު 261 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޭޕްރިލްމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާ މުދަލެވެ. މިއަހަރުގެ އޭޕްރީލް މަހު ރާއްޖޭގެ އިމްޕޯޓް އުޅެނީ ތިން ބިލިއަން ރުފިޔާގަ އެވެ. މިއީ 67 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ އިމްޕޯޓް އިތުރުވި ނަމަވެސް އެކްސްޕޯޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއިން 237 މިލިއަން ރުފިޔާގެ މުދާވަނީ ބޭރުކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ އޭޕްރީލްމަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 174 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 27 އިންސައްތަ ދަށް އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *