މިދިޔަ އަހަރު އެމްއެމްއޭއިން 9.7 ބިލިޔަން މިލިއަން ރުފިޔާގެ ޑޮލަރު ވިއްކާފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގއި ވާގޮތުން ޑޮލަރުގެ ރޭޓް އެއް ހަަމައެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހުސްވި އަހަރު 633.9 ޑޮލަރު ދޫކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 1 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން 9.7 ބިލިޔަން މިލިއަން ރުފިޔާގެ ޑޮލަރު ވިއްކާފައިވާއިރު، މިއީ 633.9 މިލިއަން ޑޮލަރެވެ. އެމްއެމްއޭއިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މިއީ މައިގަނޑު ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތަކަށާއި، ވިޔަފާރީ ހިންގުމުގެ މަސައްކަތްތަކަށެވެ.
އެމްއެމްއޭއިން ވަނީ މިދިޔަ އަހަރުތެރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 392.8 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރު އެމްއެމްއޭއިން ވިއްކާފައިވާ މުޅި ޖުމްލަ ޑޮލަރުގެ 62 އިންސައްތައެވެ. މި އަދަދަކީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 2 އިންސައްތަ ދަށް އަދަދެކެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް އެމްއެމްއޭއިން ޑޮލަރު ވިއްކާފައިވަނީ ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކަށެވެ. ކޯވިޑާއި ގުޅިގެން ބޭންކުތަކަށް ވިއްކި ޑޮލަރުގެ އަދަދުވެސް އެމްއެމްއޭއިން ވަނީ އިތުރުކޮށްފައެވެ.