ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާއި، ވަކިން ޚާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައާއި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މަސައްކަތްތެރިން ކުރައްވާ މަސައްކަތަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ޝުކުރު ދަންނަވައިފިއެވެ.
ބައިނަލް އަޤުވާމީ މަަސައްކަތެރިންގެ ދުވަހުގެ ތަހުނިޔާ މަސައްކަތް ތެރިންނަށް ފޮނުވައި ވަޒީރު ޒަހާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހީވާގި ދަނޑުވެރިންނާއި މަސްވެރިންނަށް އަރިސްކުރާކަމަށެވެ. އަދި ޤައުމު ތަރައްޤީވެ ކުރިއަރައިގެން ދާނީ މަސައްކަތްތެރިން ކުރައްވާ ބުރަ އަދި މިންނެތް މަސައްކަތުން ކަމަށްވާއިރު، މަސައްކަތެރިންގެ ޚިދުމަތަކީ ޝުކުރު ހައްޤު ހިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހީވާގި މަސްވެރިންނާއި، ދަނޑުވެރިންނާއި އެންމެހާ ދިވެހި މަސައްކަތްތެރިންނަށް އަރިސްކުރަން. ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން ކުރައްވާ އަގުނުކުރެވޭ ޚިދުމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. pic.twitter.com/Id9Gd2zbqZ
— Zaha Waheed (@ZahaWaheed) May 1, 2021
މަސައްކަތްތެރިންގެ ދުވަހުގެ ތަނުހިނާ މިނިސްޓަރ ޒަހާ ފޮނުއްވާފައިވާއިރު، ޒަހާއަކީ ވަރަށް އަވަހަށް ވަޒީރުކަމުން ވަކިކުރުން ނިންމާފައިވާ ވަޒީރެއްކަމަށްވެސް އަޑުތައް ދަނީ ފެތުރެމުންނެވެ. ޒަހާ މަގާމުން ވަކިކުރެއްވުމަށް ފަހު މިހާރު އެންވަޔަރަމެންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. ޙުސައިން ރަޝީދު ހަސަން އެ މަގާމަށް އައްޔަންކުރެއްވުމަށް ވާހަކަ ދެކެވިފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން މިނިސްޓަރ ޒަހާ ވިދާޅުވެފައިވަނީ އަދި މިފަދަ އެއްވެސް ޚަބަރެއް އަދި އިޝާރާތެއްވެސް އެއްވެސް ދިމާލަކުން ލިބިފައި ނުވާކަމަށެވެ.