މާލޭގެ އައިޖީއެމް ހޮސްޕިޓަލް ކުރިމަތީގައި އިމާރާތް ކުރަމުންދާ ތަނެއްގައި ޖަހާފައި ހުރި ސޭފްޓީ ވެއްޓި، ބަޔަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:06 ގައެވެ.
މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބުނު ކަމުގައި ވިޔަސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.






