ސަރުކާރުން ފޮނުވިގޮތަށް އަންނަ އަހަރަށް 59.7 ބިލިޔަންގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި

ސަރުކާރުން ފޮނުވިގޮތަށް އަންނަ އަހަރަށް 59.7 ބިލިޔަންގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، 59.7 މިލިޔަން ރުފިޔާ ގެ ދައުލަތުގެ ބަޖެޓް ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެތް ކޮމިޓީން ދެންމެ ފާށްކޮށްފިއެވެ.

ބަޖެޓް ފާސްކުރުމަށް ކޮމިޓީއަށް ހުށަހަޅުއްވަމުން، ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވާ 43.2 ބިލިއަން ރުފިޔާ އަކީ ހާސިލް ކުރެވޭނެ މިންވަރެއްކަމަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާގޮތަށް، ފާސްކުރަން ހުށަހަޅުއްވާ ކަމަށެވެ.

އަން އަހަރުގެ ބަޖެޓްގައި އޮފީސްތަކާއި މިނިވަން މުއައްސަސާތަކާ ބެހޭ ބައިގައި، ސަރުކާރު އޮފީސްތަކާއި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ އޮފީސްތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުށަހަޅާ ބަޖެޓެއް ކަަމަށްވެފައި، މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކަނޑއަޅާފައި ވަނީ އެ މުއައްސަސާތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެެވެ.

މީގެ އިތުރުން އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން 2027 ވަނައަހަރުގެ ބަޖެޓްގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓް ފިނޭންސް މިނސްޓްރީން ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އޮފީސްތަކުގެ ޑޮމެސްޓީކް ހަރަދާގުޅޭ، 2027 އަހަރުގެ ބަޖެޓްގައި ހިމެނޭ ވަކިވަކި އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ގެނަސްފައިނުވާތީ 2027 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނުއްވާފައިވާ ތާވަލާ، އޮފީްތަކުގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޕްރޮގްރާމްބަޖެޓް، ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާގޮތަށް، ފާސްކުރަން ހުށަހަޅުއްވާކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހަމަ އެ އޮތްގޮތަށް ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ފަހުގެ ހުށަހެޅުއްވުމެއްގެ ގޮތުގައި މެންބަރު ޝަރީފް ހުށަހެޅުއްވީ، 2027 ވަނަ އަހަރށް ލަފާކޮށް ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި، މިލިޔަން ރުފިޔާ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)ގެ މުޅި ބަޖެޓް ބައިކުރެވިފައިވާގޮތަށް ފާސްކުރެއްވުމަށެވެ.

މި ހުށަހެޅުއްވުންތަކަށް ތާއީދު ކުރެއްވީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

އެހިސާބުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، 10 މެންބަރުންގެ އިއްޔިފާގުން ފާސްވީ ކަމަށެވެ. އެގޮަތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓޫ ދެއްވި މެންބަރުންގެ ނަން ވިދާޅުނުވެ މުގައްރިރު ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *