ސައުދަށް ކުރާ ދައުވާގައި ދައުލަތުން އެދުނު ހެކި ސިއްރު ކުރަން އަމުރު ނެރެފި

ސައުދަށް ކުރާ ދައުވާގައި ދައުލަތުން އެދުނު ހެކި ސިއްރު ކުރަން އަމުރު ނެރެފި

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައި، ދއުލަތުން އެދުނު ހެކިތައް ދައުލަތުން އެދުނު ގޮތަށް ސިއްރުކުރަން ކުރިމިނަލް ކޯޓުން އަމުރު ނެރެފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ މި މައްސަލައިގެ އަޑުއެހުމުގައި، ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދެމުން ދައުލަތުގެ ވަކީލު ވިދާާޅުވީ، ހެކި ރައްކާތެރި ކުރުމުުގެ އަމުރެއްގެ ދަށުން ރައްކާތެރި ކޮށްދިނުމަށް ދައުލަތުން އެދޭ ހެކިތަކަކީ، މި މައްސަލައާ ގުޅިގެން އިލެލްޝަންސް ކޮމިޝަނުން ހިއްސާ ކޮށްފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅިފައިވާގޮތުގެ ފައިނަލް ރިޕޯޓްތަކާއި، އެ ރިޕޯޓާއެކު ހިއްސާ ކޮށްފައިވާ ރަޖިސްޓްރީގެ އިތުރުން، މި މައްސަލައިގެ ތަހުގީގުން ހޯދާފައިވާ އައިޑީކާޓްގެ ނަމްބަރުގެ 14 އޯގަސްޓް 2023ގެ ޑުޕްލިކެޓް ލިސްޓް އާއި، އެއާއެކު ތިނަދޫ ޕޮޕިއުލޭޝަން ލިސްޓް ހިމެނޭ އެއް ސީޑީ ކަމަށެވެ.

އެ ހެކިތައް ރައްކާތެރުކުރަން އެދޭ ސަބަބަކީ ވަކި މިންވަރަކަށްނޫންގޮތަކަށް އާއްމު ނުކުރަން ދައުލަތުން އެދޭ ސަބަބަކީ މި ހެކިތަކުގައި މައްސަލައިގެ ހަސްމުން ފިޔަވައި އެހެންމީހުން، އަދި ދައުލަތުގެ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޒާތީ މައުލޫމާތު ހިމެނޭތީ ކަމަށްވެސް ވިދާޅުވިއެެވެ.

އެގޮތުން ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާމަލާތް ތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަން ކަމަށާއި، އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެންކަމުން މިލިއުންތައް ދައުވާ ރައްދުވާ ފަރާތައް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއިއަށް ފެތުރެމުންދިއުމުގެ ފުރުސަތު އޮތަތީ މިތަކެތި ނަކަލު ނުކޮށް ދައުވާލިބޭ ފާރާތާ ހަވާލު ކުރުމަކީ ގާނޫނުއަސާސީގައި ހިމާޔަތްކޮށްދީފައިވާ ހައްގަށް އުނިކަން އަންނާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއެކު އިންސާފު ގާއިމްކުރުމަށްޓަކައި ޒަރޫރަތްތެރިކަންއޮތް މިންވަރަށް މެނުވުވީ މި ހެކިތަން ހާމަނުކުރުމަކީ އެންމެ ރަނަގަޅުގޮތް ކަމަށް ފެންނާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ހެކިތައް ދައުވާ ލިބޭ ފަރާތައް ނަކަކުކޮށް، ދޫކުރުމުގެ ބަދަލުގައި ފަޑިޔާރު ކަނޑައަޅާ ޝަރުތުތަކަކާއެކު ކޯޓުގައި، ލިއުންތަައް ބަލައި ދިރާސާކުމުގެ ގެއިންތިޒާމު ހަމަޖައްސައިދެއްވައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދެއްވުމަށް ދައުލަތުގެ ވަކީލު ހުށަހެޅުއްވިއެވެ.

މި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ބަހާއެކު، ދައުލަތުން އެދުނު ގޮތަަށް އެދުނު މިންވަރަަށް އެ ހެކިތައް ސިއްރު ކުރަން މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *