ސަޕްލިމަންޓަރީ ބަޖެޓަށް ނުގޮސް ދެ އަހަރު ނިމުނީ މާލީ ހަރުދަނާކަމުގެ ސަބަބުން: މަމްދޫހު

ސަޕްލިމަންޓަރީ ބަޖެޓަށް ނުގޮސް ދެ އަހަރު ނިމުނީ މާލީ ހަރުދަނާކަމުގެ ސަބަބުން: މަމްދޫހު

ސަރުކާރުގެ މާލީ ހިންގުން ހަރުދަނާވުމުން ސަޕްލިމަންޓަރީ ބަޖެޓަށް ނުގޮސް ދެ އަހަރު ނިންމާލެވިއްޖެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ، 2023 ގައި އޮތް އެމްޑީޕީގެ ސުޕަރ މެޖޯރިޓީން މި ސަރުކާރުން އެދުނު ކަންކަމަށް ގޮންޖަހައި ފާސްކުރި ބަޖެޓުން ވެސް، ބޭނުންވި ސްޕީޑްގައި ނުކުރެވުނު ކަންކަން ގިނަ ނަމަވެސް ކާމިޔާބުކަމާއެކު ކުރެވުނު ކަމަށެވެ.

2024 އިން 2025 އަށާއި، 2025 އިން 2026 އަށް ދިޔައީ ސަޕްލިމަންޓަރީ ބަޖެޓަކަށް ނުގޮސް ކަމަށް ފާހަގަކުރައްވައި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅި މާލީ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް މަމްދޫހު ވިދާޅުވިއެވެ. "މި ދެ އަހަރު ފިޔަވާ މާޒީގައި ހަރަދުތައް ކުރަން ފޮތެއްގައި، ގަނޑެއްގައި އަދަދުތަކެއް ޖަހަނީ އަންދާޒާއަކަށް ބަލާފައި،" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 2026 އަށް ހުށަހަޅާފައިވާ ބަޖެޓަށްވުރެ 4 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއް ކަމަށާއި، މިއަހަރު ފަށާފައިވާ މަޝްރޫއުތައް އަންނަ އަހަރު ނިމިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް މަމްދޫހު ފާހަގަކުރެއްވިއެވެ.

މިއަންނަ އަހަރަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ބަޖެޓުގައި ހިމެނޭ ދާއިރާތަކަށް އަލިއަޅުއްވާލައި، މި ބަޖެޓާއެކު މިހާރު ހުރި ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ބަޖެޓަށް ބަހުސްކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *