ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށް ބައިނަލްއަގްވާމީ ގުޅުން މުހިންމު

ކަނޑުތަކުން ލިބޭ ނަފާ އިތުރުކުރުމަށް ބައިނަލްއަގްވާމީ ގުޅުން މުހިންމު

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ސައިންޓިފިކް ރިސާޗާއި، ކްލައިމެޓް ރެޒިލިއަންސާއި، ކަނޑުތަކުގެ ވެރިކަން ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިންގުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއެކު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހައިނާން ޕްރޮވިންސްގެ، ސަންޔާގައި ކުރިޔަށްދާ ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ 7 ވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ޝެއާޑް ކޮމިޓްމެންޓް އެންޑް ކަލެކްޓިވް އެކްޝަން: އެން އޯޝަން އޮފް އޮޕޮޗުނިޓީސް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" މި ތީމުގެ ދަށުން ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި، ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން މުހިންމު ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ

އަދި މަސްވެރިކަމުގެ ވިޔަފާރި ހަރުދަނާކުރުމަށާއި ރާއްޖެ ފަދަ ޖަޒީރާގައުމުތަކުގެ ދިރިއުޅުމާއި، ބައިނަލްއަގްވާމީ މާކެޓްތަކާއި ގުޅުވައިލުމަށް މޯލްޑިވްސް-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓުން ލިބިދޭ ފުރުސަތުތަކަށް އަލިއަޅުވާލެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ގައުމުތަކުގެ ލީޑަރުންގެ މެދުގައި ވެވޭ ވައުދުތަކާއި ކަނޑައަޅާ އަމާޒުތަކުން، އަމަލީ ނަތީޖާއެއް ނެރުމުގެ މުހިންމު ކަމަށާއި މަސްވެރިންނަށް ރަނގަޅު މައުލޫމާތާއި މަހުގެ އަގާއި ފެންވަރު ހިފެހެއްޓޭނެ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން ސައިންސާއި ދިރާސާކުރުމުގެ ދާއިރާއިން ހަރުދަނާކޮށް ޒުވާނުންގެ ބައިވެރިވުން އިތުރުކުން މުހިންމުކަމަށެވެ. އަދި ދިވެހި ދިރާސާކާރުންނަށް މިދާއިރާއިން އިތުރު ފުރުސަތުތައް އިތުރުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވަނީ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރުމާއި، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި، ޖަޒީރާ ޖަމާޢަތްތަކަށް އެހީތެރިވާ، ދެމެހެއްޓެނިވި ކަނޑުގެ އިޤްތިޞާދެއް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ވަޢުދުވެފައިވާކަން ފާހަގަކުރައްވާ އެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *